ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއާ އެމްބިއުލާންސް: 1،755 ދަތުރުގައި 2،270 ބަލިމީހުން އުފުލައިފި

air ambulance

ބަލިމީހުން އެއް ރަށުން އަނެއް ރަށަށް އުފުލުގައި ހަރުދަނާ ނިޒާމެއް ގާއިމުކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތުގެ ތެރެއިން 2،270 ބަލިމީހަކު ރައްކާތެރިކަމާއެކު ފަރުވާ ލިބޭ ތަންތަނަށް އެއާ އެމްބިއުލާންސްގައި އުފުލާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވުމަށް ނިންމެވުމާ ގުޅިގެން ގައުމީ އެއާލަައިންގެ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއްގައި އެމްބިއުލާންސް ހިދުމަތް ދިނުމަށް ބޭނުންވާ ވެންޓިލޭޓަރާއި، އިންކިއުބޭޓަރާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ އެހެނިހެން ޒަމާނީ ވަސީލަތްތަައް ގާއިމުކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށިއެވެ.

މި ހިދުމަތް ފެށުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންނާއި ކުއްލި ހާލަަތުގައި ދޭ ފަރުވާއާ ގުޅޭ ޓެކްނީޝަނންގެ ޓީމެއް ތަމްރީނުކުރުމަށްފަހު، އެ ޓީމުން އަންނަނީ އެއާ އެމްބިއުލާންސްގެ އޮޕަރޭޝަންތަކުގައި ބައިވެރިވަމުންނެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމުގެ ކުރިން ރަށްރަށުން ބަލިމީހުން އުފުލުމުގައި ބަރޯސާވަނީ މޯލްޑިވިއަން އަދި އެހެނިހެން އެއާލައިންތަކުގެ ޝެޑިއުލް ފުލައިޓުތަކަށެވެ. އެއާލައިންތަކުގެ ދަތުރުތަކުގެ ތާވަލުން ޖާގަ ލިބޭނަމަ މަތިންދާބޯޓު ޗާޓަރުކޮށްގެންވެސް ބަލިމީހުން އުފުލައެވެ.

ނަމަވެސް އެއާ އެމްބިއުލާންސްގެ ހިދުމަތާއެކު އެއްތަނުން އަނެއް ތަނަށް ބަލިމީހުން އުފުލުމުގައި އެއާލައިންތަކުގެ ދަތުރުތަކަށް ބަރޯސާވާންޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވެއެވެ.

ސަރުކާރުން ގެނައި އެމްބިއުލާންސްތައް 14 ރަށަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމު ވިދާޅުވީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބަލިމީހުން އެއް ތަނުން އަނެއް ތަނަށް ރައްކާތެރިކަމާއެކު ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަަށެވެ.

“ޚާއްސަގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށި 1755 ދަތުރުކޮށް 2270 ބަލިމީހުން ރައްކާތެރިކަމާއިއެކު އުފުލިފައިވާކަން މިއީ ދިވެހި ރައްޔިތުންގެ ހިތްތަކަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއް،” ގާސިމް ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާކޮށް ރާއްޖެއިން ބޭރަށް ބަލިމީހުން ގޮވައިގެން ދަތުރުކުރުމުގައި އެއާ އެމްބިއުލާންސް ބޭނުންކުރުމަށް ސިއްހީ ވުޒާރާއާއި، ގައުމީ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންއާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ މެދުގައި އެއްބަސްވުމެއް ގާއިމުކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ

އެއާ އެމްބިއުލާންސް އިން 1،556 ބަލި މީހުން އުފުލައިފި