ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ އިން ތާއީދުކޮށްފި

Oo
ސަން ސިޔާމް — ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކުރާކަން އެ ޕާޓީން ރަސްމީކޮށް ހާމަކޮށްފިއެވެ.

އެމްޑީއޭއިން މިކަން ހާމަކުރީ މިއަދު ނެރުނު ބަޔާނެއްގައެވެ.

އެމްޑީއޭއިން ބުނީ، ލޯކަލް އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވަން އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ބަލާއިރު، ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެ ޕާޓީން އިތުރަށް ފާހަގަކުރި ގޮތުގައި، ޕާޓީގެ ރައީސް އަހުމަދު ސިޔާމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައެޅުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

މަޖިލީސް މެންބަރެއްގެ ހައިސިއްޔަތުންނާއި، ރާއްޖޭގެ ފުންނާބު އުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން، ސިޔާމް އަބަދުވެސް އިސްކަން ދެއްވަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި އިޖްތިމާއީ ބަދަހިކަމަށް،“ އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައި، މަޖިލީހުގެ މެންބަރުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބު އެކީގައި ބޭއްވުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ބަދަލު ގެނެސް، މަޖިލީހުގެ ދައުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށް ވެސް އެ ބިލުގައި ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިޔާމް، ހުޅުމާލެއިން 31 މިލިއަން ރުފިޔާގެ ބިމެއް ބައްލަވައިގެންފި