ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެދުއިރުމަތީގައި ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

8q

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކާއި، އެ ހަމަލާތަކުގެ ރައްދުގައި ކަމަށް ބުނެ އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އީރާނުން ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހްރެއިން އަދި އެކުވެރި އެހެން ގައުމުތަކަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ. ހާއްސަކޮށް، ގަލްފުގެ ގައުމުތަކުގެ ވައިގެ ބަނދަރުތަކާއި ތެޔޮ އުފައްދާ ތަންތަނަށް އަމާޒުކޮށްދޭ މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

“ގަލްފުގެ ގައުމުތަކުން އީރާނަށް ރައްދު ހަމަލާ ނުދޭއިރު ވެސް އެ ގައުމުތަކަށް އީރާނުން ހަމަލާދޭތީ ދިވެހި ސަރުކާރުން ހިތާމަކުރަމެވެ.” އެ ބަޔާނުގަިއ ބުނެފައިވެއެވެ.

މީގެ އިތުރުން، އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި، ހާއްސަކޮށް އީރާންގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާގައި އެތައް ސަތޭކަ ބަޔަކު މަރުވުމުން އެކަން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް ވެރިންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުން ދަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kulli khabaru

މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަންގައިފި

767

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

66

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

Izaam

ފަލަސްތީނު މީހުންނަށް އެހީދޭ ޖަމާއަތުގެ އިމާރާތް ތަޅާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި