ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

89 މަސްވެރިއަކަށް ލޯނު ދޫކޮށްފި

88887

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 89 މަސްވެރިއަކަށް ލޯނު ދޫކޮށްފިއެވެ.

މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭގޮތް ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޯނު ދޫކުރަން ފެށިފަހުން މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89 މަސްވެރިއަކަށް ލޯނު ދީފައިވާ ކަމަށާއި، މި ލޯނުތައް ދޫކުރަމުން ދަނީ ބީއެމްއެލް މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އައު އިންތިޒާމުގެ ދަށުން، ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ލިބޭނެއެވެ.

މުޢައްސަސާތަކާއި، ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީގޮތެއްގައި މަސްވެރިންނަށް ހޯދާދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތެވެ. އެގޮތުން މިމަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ފެބުރުވަރީ މަހު މަސްވެރިންގެ ޤައުމީ ދަފްތަރެއް ވަނީ އިފްތިތާހުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

masverin

މަސްވެރިންނަށް އިއްޔެ އެކަނިވެސް 1.2 މިލިއަން ރުފިޔާ ދޫކުރި

މަސްވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރުމުގެ އިނާމު 32 ފަރާތަކަށްދީފި

މަސްވެރިކަމުގެ ސިނާޢަތަކީ ޙަޤީޤީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ އަމާޒު: ރައީސް

މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި