ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީދަށް ހަނދު ބެލުން އަންނަ ހަފްތާގެ ބުދަ ދުވަހު އޮންނާނެ: ޑީޖޭއޭ

vagufu committee

މި އަހަރުގެ ފިތުރު އީދަށް ހަނދު ސާބިތު ކުރުން އަންނަ ހަފުތާގެ ބުދަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝިލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވިދާޅުވެއްޖެއެވެ.

ޑީޖޭއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ، މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.

އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށް ޑީޖޭއޭ އިން ވިދާޅުވިއެވެ.

ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި މިސްރާބާއި އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށް އިއުލާނުގައި ވިދާޅުވިއެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރޯދަ މަހުގެ 29 ވަނަ ދުވަސްކަމަށްވާ މާޗް މަހުގެ 18 ވާ ބުދަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވީމާ، މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދެއްވުން އެދޭ ކަމަށް އިއުލާނުގައި ވިދާޅުވިއެވެ.

އިއުލާނުގައި ވިދާޅުވެފައިވަނީ ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދެއްވުމަށް އެ ޑިޕާޓްމަންޓުގެ ނަންބަރު 3340828 ފޯނަށް ގުޅަން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1

ޢީދަށް މަރުޙަބާ! މިރޭ ހުޅުމާލޭގައި ޢީދު ހުޅުޖެހުން އޮންނާނެ

ވެ

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

Eeeeeeeeeeeeeeeeeeeeeeee

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަކުރަން ސަރުކާރުން އިލްތިމާސްކޮށްފި

މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި 4 މައިދާނެއްގައި، އަދި އިތުރު 24 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ