ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮފީސް ޓޭބްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ރަމަޟާން ކްރިކެޓް ކާނިވަލް –  އިންޓަރ އޮޮފީސް ޓޭޕްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފިއެވެ.

ޕޮލިސް ކުލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާރިޗު 8 ވަނަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 6 ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ޓޮސް ދިމާވުމުން ޕޮލިސް ކުލަބުން ގަސްތުކުރީ ހޮވުމަށެވެ. އެގޮތުން ފުރަތަމަ އިނިންގްސްގައި ދިވެހި ސިފައިންގެ ކުލަބުން ކުޅެންއަރައި 8 އޯވަރުން 3 ކުޅުންތެރިން ނުބައިވެެގެން ޖުމްލަ 110 ލަނޑު ވަނީ ހަދާފައެވެ. ޖަވާބުގައި ކުޅެން އަރައި ޕޮލިސް ކުލަބުން ވަނީ 7.2 އޯވަރުން 4 ކުޅުންތެރިން ނުބައިވެގެން ޖުމްލަ 111 ލަނޑު ހަދާފައެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ. މި މުބާރާތުގައި އެންމެ ގިނަ ލަނޑު ހަދާފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ޢަބްދުﷲ ޝާހިދުއެވެ. އަދި އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިންނަށް ދެ ކުޅުންތެރިން ހޮވިފައިވާއިރު، އެ ކުޅުންތެރިންނަކީ އާރިފް ރިޒާ އާއި ޕޮލިސް ކުލަބުގެ އިސްމާޢީލް ނަސީރުއެވެ. އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔަކަށް ހޮވުނީ އިސްމާޢީލް ނާޝިދުއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލް – އޮފީސް ޓޭބްބޯޅަ މުބާރާތުގައި މިއަހަރު 6 ޓީމަކުން ބައިވެރިވެފައިވެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދި ދެވަނަ ފަހަރުއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަކަށް ޕޮލިސް ކުލަބުން ހޯދީ 2023 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Oo

އަބްރާރު ގުރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

Ui

ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި