ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި އަހަރުގެ އޮފީސްތަކުގެ ޤުރްއާން މުބާރާތުގެ އެއް ވަނަ އެމްއެންޑީއެފް ހޯދައިފި

މި އަހަރުގެ އޮފީސްތަކުގެ ޤުރްއާން މުބާރާތުގެ އެއް ވަނަ އެމްއެންޑީއެފް ހޯދައިފި އެވެ.

ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން މިދިޔަ މަހުގެ 22-24 އަށް ކުރިއަށް ގެންދިޔަ މުބާރާތުގައި 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރި އެވެ.

މުބާރާތުގެ ވަނަތައް:

* އޮފީސް/ކުންފުނިތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ މުއައްސަސާ: އެމްއެންޑީއެފް
* އޮފީސް/ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ނުބަލާ ކިޔެވުމުގެ ބައިން ފިރިހެން 1 ވަނަ: މުޙައްމަދު ޝަފްޢާން ސުލައިމާން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
* ޔުނިވަސިޓީ/ކޮލެޖުތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 1 ވަނަ: ޚަދީޖާ ޙަމީދު/ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް
* އޮފީސް/ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 1 ވަނަ: ރަނާ އިބްރާހީމް، އެމްއެންޑީއެފް
* އޮފީސް/ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން ފިރިހެން 1 ވަނަ: ޔަޢީޝް މުޙައްމަދު ނިޔާޒް، ކަސްޓަމްސް
* ޔުނިވާސިޓީ/ކޮލެޖުތަކުގެ ބައިވެރިންގެ ތެރެއިން ނުބަލާ ކިޔެވުމުގެ ބައިން އަންހެން 2 ވަނަ: މާޔާ މުޙައްމަދު، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް
* އޮފީސް/ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 2 ވަނަ: ފާޠިމަތު ޝާޔާން ފަތުޙީ، ދިރާގު
* އޮފީސް/ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން ފިރިހެން 2 ވަނަ: މުޙައްމަދު މިރާޙް، ދިރާގު
* އޮފީސް/ ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން ފިރިހެން 3 ވަނަ: މުޙައްމަދު މާދިން މޫސާ، ކަސްޓަމްސް
* އޮފީސް/ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 3 ވަނަ: މަރްޔަމް ރިޒްނީ އަޙްމަދު ވަސީމް، އެމް.އެން.ޑީ.އެފް
* ޔުނިވާސިޓީ/ ކޮލެޖުތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 3 ވަނަ: ފާޠިމަތު ޝިފާނާ، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް

އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތް ބާއްވަން ފެށީ 2016 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

national services

ވަތަނީ ހިދުމަތުގެ ތިންވަނަ ބުރަށް ހުޅުވާލައިފި

Whatsapp image 2025 11 28 at 23.02.22

ދިއްދޫގައި ގުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

raees muiz

ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފަށަން ރައީސް ގަރާރަކުން ނިންމަވައިފި