މޯލްޑިވްސް ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް)ގެ ތަމްރީނުގެ ތިންވަނަ ބުރަށް ޑިފެންސް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސާވިސްގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ
ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް އެ ޕްރޮގްރާމަށް ކުރިމަތިލެވޭނެ ކަމަށެވެ. 18 އަހަރު ނުވާ ކުއްޖަކު ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ބައިވެރިވާން ބޭނުންވާ ނަމަ، އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ، އަދި ކުއްޖާއަކީ ފުރިހަމަ ސިއްހަތެއްގައި ހުރި ކުއްޖެއް ނަމަ، ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ވަތަނީ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށްފަހު [email protected] އަށް އީމެއިލުން ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ރިސެޕްޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ އަންނަ މަހުގެ ފަސްވަނަ ދުވަސް ކަމަށް މިނިސްޓްރީން
ކިޔުންތެރިންގެ ހިޔާލު