ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީން ކައުންސިލް ބޭނުންވަނީ ހިދުމަތް ކުރުމުގެ ބަދަލުގައި ޖެއްސުން ކުރަން: ޝަކީލް

އެމްޑީޕީން ކައުންސިލު އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުން ކުރަންކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިފަދައިން ވިދާޅުވީ އެމްޑީޕީން، ރައްޔިތުންގެ މަޖިލިހަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ގާނޫނުއަސާސީގައި ހިމަނައި އެގޮތަށް ފާސްކުރީ އޭރުގެ ރައީސް އަލްއުސްތާޛު މަައުމޫން އަބްދުލްގައްޔޫމަށް ދަތިކުރަން ކަމަށް، ކުރީގެ ރައީސް އިބްރާހިމް ސޯލިޙް ވިދާޅުވުމާއި ގުޅިގެން، ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝަކީލް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި އެމްޑީޕީ ފެނިފައިވަނީ އެއިރެއްގައި އޮންނަވެރިކަމަކަށް ޖެއްސުން ކުރުމުގެ ވިސްނުން ގެންގުޅޭ ބައެއްގެ ގޮތުގައިކަމަށެވެ. އެގޮތުން ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރީވެސް އެނިޒާމަކީ ގެެއްލުން ގިނަ ނިޒާމެއްކަން އެނގި ތިބެ ރައީސް މައުމޫނަށް ޒާތީވެގެންކަމަށް އެ ޕާޓީން އިއުތިރާފްވެފައިވާކަމަށް ޝަކީލު ވިދާޅުވިއެވެ.

“އެމްޑީޕީގެ ސަރުކާރެއް ނެތް ހާލަތްތަކުގައި މިހާތަނަށް ދައުލަތުގެ ބަޖެޓަށް އެމްޑީޕީން ވޯޓު ދީފައެއްނުވޭ. އެމްޑީޕީން ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުންކުރަންކަމަށް އެމްޑީޕީގެ ލީޑަރޝިޕުންވަނީ ބުނެފައި.” – ހަައްޖު ކޯޕަަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް

ޝަކީލް އިތުރަށް ވިދާޅުވީ މިއަދު ސަރުކާރުން ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތަށްޓަކައި ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް އެދުމުން އެކަމަށްވެސް އެމްޑީޕީން ދެކޮޅުހަދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާމެދު ޒާތީވެގެންކަން އެބަ އެނގޭކަމަށެވެ.

އެހެންކަމުން ގައުމުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތްކުރާނެ ކައުންސިލްތަކެއް ބޭނުންވާ މި ދަނޑިވަޅުގައި ރައްޔިތުން އިސްކުރާނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރާނެ ޕީއެންސީގެ ކެންޑީޑޭޓުންކަމަށް ޝަކީލު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާއެކު އޭޕްރީލު 4، 2026 ވަނަ ދުވަހު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ފާސްކޮށް 20 ވަނަ މަޖިލީހުގެ ކުރު ކުރުމަށް ރައްޔިތުންނަށް ފެނޭތޯ ބެލުމަށް ވޯޓު ނެގުމަށް ހަމަޖެހިފައިވެއެވެ.

މި ވޯޓުގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ތާއީދުކުރަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެންނަކަމަށް ވޯޓު ލުމަށެވެ. އަދި އެ ޕާޓީން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ފައިދާއާއި އަންނާނެ ހެޔޮ ބަދަލުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްކަންދެނީ ޙާޖީންގެ ރައްކާތެރިކަމަށް، ޚިދުމަތް ދިނުމަށް އެއްވެސް ދަތިކަމެއް ނެތް: ޝަކީލް

Img 4037 R1mvcjeec2i806j7qmhpl2tpza99d2kx8j972ofm7c

ޙައްޖުވެރިންގެ ވައިގެ ދަތުރުތަކުގެ އިންތިޒާމް ހަމަޖެއްސުމަށް ޙައްޖު ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަނާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި

Large 173329248819u3kv

ހައްޖާއި އުމްރާ ދަތުރުތަކަށް މެޑިކަލް ޓީމް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި