ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހު ދިހައެއްގައިވެސް ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ޚިދުމަތް މެދުނުކެނޑޭނެ

PG Office

މި ރަމަޟާން މަހުގެ ފަހު 10 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި، ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ނިންމަވާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ އެ އޮފީހަށް ބަލައިގަންނަންޖެހޭ ލިޔެކިއުންތައް ބަލައިގަތުމަށާއި، ޢާންމުންނަށް ދޭންޖެހޭ އެހެނިހެން ޚިދުމަތްތައް ދިނުމަށްޓަކައި، ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގައި، ހުކުރު ހޮނިހިރު ފިޔަވައި، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އޮފީހުގެ ރިސެޕްޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.

އަދި މި ދުވަސްތަކުގައި މި އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ނަމަވެސް ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށެވެ.

މި މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv މެދުވެރިކޮށް ޕީޖީ އޮފީހުގެ ޚިދުމަތްތައް މެދު ނުކެނޑި ލިބޭނެ ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހެކި ނެތުމުން މަސްތުވާތަކެތީގެ މައްސަލައިގައި އައްޑޫން ހައްޔަރުކުރި މީހުން ދޫކޮށްލަން ލަފާދީފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި

މައުރޫފް ޒާކިރާއި އިތުރު ބަޔަކަށް ދައުވާކުރަން އެދިއްޖެ

އިބްރާހިމްް އަހުމަދު 11 މަހަށް ޖަލަށްލާން ހުކުމްކޮށްފި