ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަހިމުގެ އެތެރެ ފަށަލާގައި އުފެދޭ މަސްކޮޅުތައް ނަގަން ޒަމާނީ އޮޕަރޭޝަނެއް އުނގޫފާރު ހޮސްޕިޓަލްގައި ކޮށްފި

66

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިސްޓްރޯސްކޮޕިކް މަޔޯމެކްޓޮމީ އޮޕަރޭޝަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޮށްފިއެވެ.

އެއީ، ހަށިގަނޑުގެ އެއްވެސް ތަނެއް ފަޅާނުލައި، ރަހިމުގެ އެތެރެ ފަށަލާގައި އުފެދޭ މަސްކޮޅުތައް ނަގަން ކުރާ ޒަމާނީ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރަނީ، އަންހެނުންގެ ރަހިމުގެ ދޮރު މެދުވެރިކޮށް ޚާއްސަ ކެމެރާއެއް ލައްވައިގެނެވެ.

އުނގޫފާރު ހޮސްޕިޓަލުން ބުނީ، އެ އޮޕަރޭޝަން އިއްޔެ ކުރީ، އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑރ. ތަލްހާގެ އިސްނެންގެވުމުގެ ދަށުން ކަމަށެވެ.

ރަހިމުގެ އެތެރެ ފަށަލައިގައި އުފެދޭ މަސްކޮޅުތައް ނަގާ އޮޕަރޭޝަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި ޓީމު —- ފޮޓޯ: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މި އޮޕަރޭޝަން ކާމިޔާބުވުމަކީ، މިނިމަލީ އިންވޭސިވް ފަރުވާގެ ދާއިރާއިން ހޯދުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ސިފަކުރެއެވެ.

އެ ހޮސްޕިޓަލުން ވަނީ، ހިސްޓްރޮސްކޯޕީގެ އެހީގައި ދޭ ޒަމާނީ ފަރުވާތައް ވެސް އެ ހޮސްޕިޓަލުން މިހާރު ލިބޭނެކަން ހާމަކޮށްފައެވެ. އެ ގޮތުން، ޕޮލިޕް ނެގުމާއި ފައިބްރޮއިޑް ނެގުމާއި ސެޕްޓަމް ނެގުމާއި ދަރިމައިވުމުގެ މައްސަލަތައް ދެނެގަނެވޭނެ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން، އެ ހުރިހާ އޮޕަރޭޝަންތަކަކީ ހަށިގަނޑުގެ ބޭރުފުށުން ކަފާނުލައި ކުރެވޭ ފަރުވާތަކަކަށް ވާތީ، ބަލިމީހާގެ ރައްކާތެރިކަން އިތުރުވެ، ފަރުވާއަށް ފަހު ވަރަށް ރަނގަޅުވާކަން ކަށަވަރުކުރެވޭނެކަން އެ ހޮސްޕިޓަލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

އުނގުލަކީ އުނގޫފާރުގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

އުނގޫފާރު ހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ދޭން ފަށައިފި

778

އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފި

އުނގޫފާރު ސްކޫލު ސްޓަރ ދަރިވަރުންނަށް ”ފަޔަރ ސޭފްޓީ” ސެޝަނެއް ކުރިއަށް ގެންގޮސްފި