ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

majilis

ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ތިން ބޭފުޅަކު އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވަނީ، އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އާޖެންޓީނާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށެވެ. މީގެ އިތުރުން ކެމްބޯޑިއާ އަދި ވިއެޓްނާމްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް މަރްޔަމް މިދުފާ ނައީމް އައްޔަންކުރެއްވުމަށާއި، ހެލެނިކް ރިޕަބްލިކްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަސަން އާދަމް އައްޔަންކުރެއްވުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސްގެ މި ސިޓީފުޅު އިއްވުމާ ގުޅިގެން، ރިޔާސަތުން ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިހާރު ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

raees Office

މާލީ މަރުކަޒު ހަދާ ކުންފުންޏަށް ދެން ކިޔާނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް

Cabinet

ސަރުކާރަށް ލަފާދޭ 3 ކޮމިޓީއަކަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި