ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް

އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން، ނާރުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެންމެ ޒަމާނީ “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް، ޚާއްޞަކޮށް ނިއުރޯ ސާޖަރީގެ ރޮނގުން ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. އައިޖީއެމްއެޗުން މަޢުލޫމާތު ދޭގޮތުގައި، މި އައު ޓެކްނޮލޮޖީގެ ސަބަބުން، ސާޖަރީ ކުރަމުންދާ ވަގުތު ބަލިމީހާގެ ނާރުތަކަށް ކުރާ އަސަރާއި ލިބިދާނެ ގެއްލުމެއް ހަމަ އެވަގުތު ދެނެގަނެވޭނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އޮޕަރޭޝަންގެ ތެރޭގައި ނާރުތަކަށް ލިބޭ ގެއްލުންތައް އެންމެ ކުޑަމިނަކަށް ގެންދެވި، ބަލިމީހާގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރުވެގެންދާނެއެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލުން ބުނެފައިވަނީ، މިއީ ފަރުވާގެ ފެންވަރު މަތިކޮށް، ބަލިމީހުންނަށް ދެވޭ ޚިދުމަތުގެ އިތުބާރު ބޮޑުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޒަމާނީ ވަސީލަތާއެކު ނާރުގެ އޮޕަރޭޝަންތައް ކާމިޔާބުވުމުގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ސަރުކާރުގެ މައި ދެ ހޮސްޕިޓަލުން އަންނަނީ ރާއްޖޭގައި ތިބެގެން ބޮޑެތި އަދި ނުރައްކާތެރި އޮޕަރޭޝަންތައް ކުރެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި، މިފަދަ އެތައް ޒަމާނީ ޓެކްނޮލޮޖީތަކެއް ސިއްޙީ ނިޒާމުގެ ތެރެއަށް ގުޅާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

Igmh

ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށް އައިޖީއެމްއެޗުގައި ޚިދުމަތް ދޭން ފަށައިފި