ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަދު މާލޭގެ 26 މިސްކިތެއްގައި އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން

މާދާމާ މާލޭގެ 26 މިސްކިތެއްގައި ޚުތުބާދީ އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

އެ ވުޒާރާ އިން މިރޭ ވަނީ މާދަމާ މާލޭގެ ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރަން ހަމަޖެހިފައިވާ ޒުވާން ޚަތީބުންގެ ފޮޓޯއާ މައުލޫމާތު ޢާންމުކޮށްފަ އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިރޭ ވިދާޅުވީ މާދާމާ މާލޭގެ 26 މިސްކިތެއްގައި ޚުތުބާދީ އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް މަސްޖިދުއްސުލްތާން މުޙައްމަދު ތަކުރުފާނުންއައުޘަމް އާއި މަސްޖިދު މަލިކު ސަލްމާން ވެސް ޚުތުބާދީ އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުންނެވެ.

މަސްޖިދުއްސުލްތާން މުޙައްމަދު ތަކުރުފާނުންއައުޘަމްގެ ޚަތީބަކީ އަލްޙާފިޒް ޢަބްދުالله ބިން އިމްޖާދު އެވެ. މަސްޖިދު މަލިކު ސަލްމާންގެ ޚަތީބަކީ އަލްޙާފިޒް މުޙައްމަދު ޙަނޫން ޙުސައިން އެވެ.

ވަޒީރު ވިދާޅުވި ގޮތުގަައި މި ފުރުސަތު އެ ޒުވާނުންްނަށް ދޭން ބޭނުންވަނީ އެ ކުދިންގެ ލީޑާޝިޕް ބަލައިގަންނަކަމާއި އިސްލާމީ ކަންކަން ހިންގުމާއި އިސްލާމީ ޚިދުމަތުގައި އެކުދީންނަށް އޮތް ފުރުސަތުގެ ތަނަވަސްކަން ޔަޤީންކޮށް ދިނުމާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒުވާން ޖީލު ބިނާކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅަށް ބާރު ދިނުމުގެ ގޮތުންނެވެ.

ސަރުކާރުން ދަނީ ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދީގެން މަަސައްކަތް ކުރަމުންނެވެ. އެކަމަށް ޚާއްސަ ޕްރަގްރާމެއް ވަނީ ފަށާފަ އެވެ.

މި ޕްރޮގުރާމުގެ މައިގަނޑު އަމާޒަކީ، ރާއްޖެއަށް ދީނީ ގޮތުން އިރުޝާދު ދިނުމަށް ބޭނުންވާ ޒުވާން ޚަތީބުން ތަމްރީނު ކުރުމެވެ. މިގޮތުން، ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފަ އެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mosque , miskih, khuthuba

މާލޭގެ ހުރިހާ ބޮޑެތި މިސްކިތްތަކެއްގައި މި ހުކުރުގައި އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން

ޤުރުއާނުގެ ޢިލްމު ފެތުރުމަށް މިދިޔަ އަހަރު 19 މިލިއަން ޚަރަދުކުރި: ޝަހީމް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި “މަސްޖިދުލްއީމާން” އަންނަ ހަފްތާގައި ހުޅުވަނީ

ގުރުއާން ހިތުދަސްކޮށް ނިންމާ ހާފިޒުންނަށް ބުރުޒު ކޭޓަރިންއިން ހާއްސަ އިނާމެއް ދެނީ