ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެއިން ގެއްލިގެން ހޯދަމުންއައި މީހާ ފެނިއްޖެ، ޙާލު ރަނގަޅު

އާއިލާއަށް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ އަންހެން މީހާ މިއަދު ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދިޔައީ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 11:20 ހާއިރު ނޫރާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.

ނޫރާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ 2026 މާރިޗު 4 ވަނަ ދުވަހުގެ ރޭގަނޑު 20:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަ ގޮތަށް ޚަބަރެއް ނުވުމުންނެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެ ރޭގެ 12:19 އެހައިކަންހާއިރުއެވެ.

މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މަޢުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވަގަށް ނެގި 100 އަށްވުރެ ގިނަ ސައިކަލު ހޯދައިފި

moosun

ލޭންޑިން ކްރާފްޓުން ގެއްލުނު އެކަކު ހަށިގަނޑު ކަނޑު އަޑިން ނަގައިފި

ވިލިމާލެއާ ދިމާލު ބޭރުގައި އޮތް ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދަނީ

ގދ. ނަޑައްލާއިން މީހަކު ގެއްލިގެން ހޯދަނީ