ކުއްލި ޚަބަރު

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ ގުޅުމެއް ނެތް: ފަލާހު

ރާއްޖެއަށް އިތުރު އެއާލައިންތައް ގެންނަން ސަރުކާރުން ނިންމައިފި

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

78

“ލޫޓުވައިފި، ލޫޓުވައިފި” މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އެ ޕާޓީން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތް ޒަހިއްޔާ (ޒާޔާ)ގެ އިތުރުން، އިތުރު ހަ މީހަކަށް ދައުވާކޮށްފިއެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ދައުވާކުރުމަށް ހުށަހަޅާފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް، މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށް އާންމު ދަތުރުފަތުރަށް ހުރަސްއަޅައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ މައްސަލައިގައި ކަމަށެވެ.

އަދި މި މައްސަލައިގައި އިތުރު ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް އެ އޮފީހަށް މިހާރު ހުށަހަޅާފައި ވާކަމަށެވެ. މައުރޫފާއި ޒާޔާގެ އިތުރުން ދެން ދައުވާކުރީ:

  • ޢަބްދުއްސަލާމް
  • މުޙައްމަދު ޙަމާއިދު ޢަބްދުލްޣަނީ
  • ޢަލީ ނައުފަލް
  • ޢާއިޝަތު ނަޖުދާ ޢަލީ
  • ޢަލީ މުޢައްވަޒް
  • ޙުސައިން ރަޝީދު

އެ އޮފީހުން ބުނީ ދައުވާކުރެވޭ މިންވަރަށް ހެއްކާއި ޤާރީނާ ލިބިފައި ނުވާތީއާއި ދައުވާކުރުމުގެ އާންމު މަސްލަހަތު ނެތުމުން ބައެއް މީހުންގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ.

މުޒާހަރާ މައްސަލަތަކުގައި ދައުވާކުރުމުގައި އެ އޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާނަމަ، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ހާލަތެއް ކުރިމަތިކުރުވާފައިވާނަމަ، ދައުވާ ކުރުން ކަމުގައި އެ އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

Amaan

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

TTH_advertisement