ކުއްލި ޚަބަރު

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

މެދުއިރުމައްޗާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައް ހުއްޓުމަކަށް އަތުވެއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި

453750 70fcf7f4 c

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.

މިކަން ހާމަކުރައްވައި، މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ހީނާ ވަލީދު ވިދާޅުވީ، މިއީ، މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި އެކުލަވާލެއްވި ކޮމެޓީއެއްކަމަށެވެ.

މިއަދު މެންދުރުފަހު އެކުލަވާލެއްވި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  1. މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
  2. މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫން
  3. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު
  4. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު
  5. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން
  6. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން
  7. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤު އިބްރާހީމް
  8. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
  9. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އަދި މި ވުޒާރާތަކުން، ކަމާގުޅޭ އެންމެހައި މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވަމުންގެންދަވާނޭކަމަށް، ސްޕޯސްޕަރސަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

453327 f666cc0d 8

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

413479 9af1c789 3

ރާއްޖެ ޑިޖިޓަލްވުމުން ރަށްރަށުގައި ތިބެ އާމްދަނީ ހޯދަން ފަހި ފުރުސަތުތަކެއް ލިބޭނެ: ރައީސް

767

ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ރައީސް ރޯދަ ވީއްލުމެއް ދެއްވައިފި

454839 5c444095 c

ރައީސް ޑރ. މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

TTH_advertisement