އިރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.
އިޒްރޭލުން އިރާނަށް މިއަދު ހެނދުނު ދިން ކުއްލި ހަމަލާއަށްފަހު އިރާނުން ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު އިރާނުން ދާދި ދެންމެއަކު ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.
އިރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ތަރުޖަމާނު މާޖިދު އަހްވާން އެގައުމުގެ މެހްރް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މުޅި އިރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށާއި ބަންދު ކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
ހަމަލާ އަށްފަހު އިރާނުގެ ވެރިރަށް ތެހެރާނުން މުއާސަލާތީ ހިދުމަތް މެދުކެނޑިފައިވާކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައި ވެއެވެ.
އަލްޖަޒީރާއިން ވަނީ ތެހެރާނުގެ އެއްވެސް ސަރަހައްދަކުން ނުގުޅޭ ކަމަށާއި އިންޓަނެޓްގެ ހިދުމަތަށްވެސް ބުރާ އަރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ.
އިރާނުގެ ވެރިރަށް ތެހެރާންގެ މެދުތެރޭ ސަރަހައްދުން ބާރު އަޑުފައްގަނޑެއް އިވިފައިވާ ކަމަށާއި ކަޅު ދުން އަރަމުން އަންނަ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިރާނުގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ އެއްޗެއް ގޮވާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފުސީލު ދީފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު