ކުއްލި ޚަބަރު

މޮރިޝަސްއިން ރާއްޖެއާ އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައިފި

ސިނަމާލޭ ބްރިޖުގައި ޕިކަޕެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

އެއްބާރުލުން ނުދޭތީ 57 ރަށެއްގައި ޕްރޮޖެކްޓް ނުފެށި އެބައޮތް: ރައީސް

muiz

ސަރުކާރާ އިދިކޮޅު ފިކުރުގެ ކައުންސިލްތަކުން އެއްބާރުލުން ނުދިނުމުގެ ސަބަބުން، ރާއްޖޭގެ 57 ރަށެއްގައި ސަރުކާރުން ފަށަން ގަސްތުކުރި މަޝްރޫއުތައް ނުފެށި ހުއްޓިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްގީގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވި ނަމަވެސް، ބައެއް ކައުންސިލްތަކުގެ ފަރާތުން ކުރިމަތިވާ ހުރަސްތަކުގެ ސަބަބުން އެކަން ނުވެފައިވާ ކަމަށެވެ. މިއީ ސަރުކާރާ ސިޔާސީ ގޮތުން ތަފާތު ވިސްނުމެއް ގެންގުޅޭ ކައުންސިލްތަކުން ކުރަމުންދާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދު ހިސާބުތައް ބައްލަވާލެއްވިއިރު، 57 ރަށެއްގައި މަޝްރޫއުތައް ނުފެށި އޮތީ ބިން ހަވާލުނުކުރުމުގެ ސަބަބުންނެވެ. ”ބިން ހަވާލުކުރަނީ ކައުންސިލްތަކުން. އެކި އުޒުރުތައް ދައްކައިގެން ބިން ހަވާލުނުކޮށް ހިފަހައްޓާތީ މި 57 މަޝްރޫއު ނުފެށި މި އޮތީ،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއީ ކައުންސިލްތަކުން ކުރިމަތިކުރާ ހުރަސްތަކުގެ ތެރެއިން އެންމެ މިސާލެއް ކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބި އެތައް ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ.

ކައުންސިލް އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ދަނީ ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރަމުންނެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މިސަރުކާރުން: ރައީސް

dr muiz

އަހަރީ ބަޖެޓު ފާސްކުރުން ޑިސެމްބަރަށް ބަދަލުކުރަނީ

muiz

އިދިކޮޅުން ދެކޮޅު ހަދަނީ އިންތިހާބަށް ކަޑަ ޖެހުން ހުއްޓުމަކަށް އަންނާނެތީ: ރައީސް

muiz

ދޫންޏަށް ވޯޓުދެއްވީމަ ހުންނާނީ ރަނގަޅަށް: ރައީސް

TTH_advertisement