ކުނި ބަރުކޮށްގެން މާލެއިން ހުޅުމާލެއަށް ދިޔަ ޕިކަޕެއް ސިނަމާލޭ ބްރިޖުގައި ފުރޮޅާލައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ރިޕޯޓުކުރީ މިއަދު ހެނދުނު ކަމަށެވެ. ޕިކަޕުގެ ފުރޮޅެއް ފަޅައިގެން ގޮސް އަރި އަޅާލައި ފެންސުގައި ޖެހުމުގެ ސަބަބުން ފުރޮޅާލިކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ފުލުހުން އަންނަނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ޕިކަޕްގައި ހުރި ކުނިތައް ބްރިޖުމައްޗަށް ބަންޑުންވެ، ޕިކަޕަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު