ކުއްލި ޚަބަރު

މޮރިޝަސްއިން ރާއްޖެއާ އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައިފި

ސިނަމާލޭ ބްރިޖުގައި ޕިކަޕެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މިސަރުކާރުން: ރައީސް

muiz

ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި މިރޭ އޮތް “ދިވެހީންގެރާއްޖެ ތަރާވީސް” ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ހަޤީޤީ މާނާގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަށެވެ. ނިމިދިޔަ ދެ އަހަރު އެމަނިކުފާނު މަސައްކަތް ކުރެއްވީ އެގޮތަށް ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި އޭޓީއެމްތައް ހުޅުވާ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތަކާއި އައުޓް ޑޯ ޖިމް އަދި ކުޑަކުދީންގެ ޕާކުތައް ހަދަމުންދާ ކަމަށެވެ. އަދި ކައުންސިލް އިދާރާތައް އިމާރާތް ކުރުމާއި ކައުންސިލްތައް ބާރުވެރިކުރުވާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ޤާނޫނީ ބާރުވެރިކަން ހޯދައިދީފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންގްރެސް ޕާޓީއަކީ ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ޤަބޫލުކުރާ ޕާޓީ ކަމަށެވެ. އަދި އެ ނިޒާމު އަމަލީ ގޮތުން ތަންފީޒުކުރި ހަމައެކަނި ސަރުކާރަކީ މިއީ ކަމަށެވެ.

“ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒު މިކުރަނީ އަޅުގަނޑުމެން މި ސަރުކާރުން. އެކަން އަޅުގަނޑު ފަޚުރުވެރިކަމާއެކު ފާހަގަ ކުރަން,” ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އެއްބާރުލުން ނުދޭތީ 57 ރަށެއްގައި ޕްރޮޖެކްޓް ނުފެށި އެބައޮތް: ރައީސް

dr muiz

އަހަރީ ބަޖެޓު ފާސްކުރުން ޑިސެމްބަރަށް ބަދަލުކުރަނީ

muiz

އިދިކޮޅުން ދެކޮޅު ހަދަނީ އިންތިހާބަށް ކަޑަ ޖެހުން ހުއްޓުމަކަށް އަންނާނެތީ: ރައީސް

muiz

ދޫންޏަށް ވޯޓުދެއްވީމަ ހުންނާނީ ރަނގަޅަށް: ރައީސް

TTH_advertisement