ކުއްލި ޚަބަރު

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

މިއަހަރުވެސް ފިޠުރު ޒަކާތް ބަހާނީ ހުރިހާ ފަގީރުންނަށް އެއްހަމަޔަކުން: ޒަކާތު ހައުސް

mudalu zakaai

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް، މިއަހަރުވެސް އެއްހަމަޔަކުން ފިޠުރު ޒަކާތް ބަހާނެކަމަށާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރާނީ އޭގެ ޙައްޤުވެރިންގެ ބޭންކް އެކައުންޓަށްކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ.

މީގެކުރިން ޒަކާތް ބަހަމުން އައިސްފައިވަނީ ކޮންމެ ރަށަކުންވެސް ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އެރަށެއްގެ ބެހެނިވެރިންނަށެވެ. ނަމަވެސް މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް، އެއްހަމަޔަކުން ފިޠުރު ޒަކާތް ބަހަން ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ފިޠުރު ޒަކާތް ބަހަނީ އެރަށަކުން ލިބޭ އެއްޗެެއް އެރަށެއްގެ ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް އެކަނިއެވެ. އެގޮތަށް ފިޠުރު ޒަކާތް ބެހުމުން ބައެއް ރަށްރަށުގައި ފަޤީރުންނަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބެނީ ވަރަށް މަދު މިންވަރެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އޭގެ ސަބަބުން ޒަކާތް ބެހުމުގައި ފަޤީރުންނާއި މިސްކީނުންގެ މެދުގައި ތަފާތުކުރުންތަކެއްވާކަމަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުމަށްފަހު ޒަކާތް ބެހުމަށް ކުޑަ މުއްދަތެއް އޮންނައިރު ހުރިހާ ރަށަކުން ޒަކާތް ބަލައިގަނެގެން ފޯރުކޮށްދިނުން އޮންނަނީ އުނދަގޫކަމަކަށްވެފައެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޒަކާތު ހައުސްއިން ވަނީ ފިޠުރު ޕޯޓަލްގެ ނަމުގައި ޕޯޓަލްއެއް ޤާއިމްކޮށްފައެއެވެ. ހުރިހާ ކައުންސިލްތަކަށް ލިބިފައިވާ ޒަކާތުގެ ފައިސާ އެޕޯޓަލްއަށް އެންޓަރ ކުރުމުން ރިއަލް ޓައިމްކޮށް ކޮންމެ ދުވަހަކުވެސް ބަލައިގަންނަ ޒަކާތް ލިބޭނެއެވެ. އިމްތިޠާއު ވިދާޅުވީ އެއާއެކު ޒަކާތް ބަހަން ފަށާއިރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އެނގި ޕޯޓަލްއަށް އެންޓަރކުރާ އަދަދާއި އޮންލައިން ޕްލެޓްފޯމްތަކުން ލިބޭ ފައިސާއާ އެކު ފަޤީރުންނާއި މިސްކީނުންނަށް ހަމަހަމަކަމާއެކު ޒަކާތް ބަހާލެވޭނެކަމަށެވެ.

" ހުރިހާ ބެހެނިވެރިންނަށް ހަމަހަމައަށް ފައިސާ ބެހުމުގެ ސަބަބުން އެމީހުންނަށް ކުރާ ފައިދާވެސް އިތުރުވެގެންދޭ. ޒަކާތް އޮންލައިން ޕްލެޓްފޯމްތަކުންވެސް ފައިސާ ދެއްކޭނެ. ގޮވާމުން ޒަކާތް ބަލައިގަނެފައި އޭގެ ހައްޤުވެރިންނަށް ބެހުމަށްފަހު ބާކީ ހުންނަ އެއްޗެއް ކުޑަކުދިންގެ ހިޔާފަދަ ތަންތަނަށް ހަދިޔާ ކުރޭ" ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް

މީގެ ކުރިން ރާއްޖޭގެ ބައެއް ރަށްރަށުގައި ފަޤީރުންގެ ލިސްޓުގައި ބަޔަކު ހިމެނިފައި ނުވާތީ އެފަދަ ރަށްރަށުގެ ފިޠުރު ޒަކާތް އެހެން ރަށްރަށުގެ ފަގީރުންނަށްވެސް ދީފައިވެއެވެ. އަދި ބައެއް ރަށްރަށުގެ އާބާދީއާއި ފަޤީރުން ތިބޭ ނިސްބަތުން މާލެއާ އަޅާ ބަލާއިރު ނުހަނު މަދު މިންވަރެއްވެސް އެފަދަ ރަށްރަށުގެ ފަޤީރުންނަށް ލިބިފައި ހުރިކަން ފާހަގަކުރެެވެއެވެ. މިދިޔަ އަހަރަކީ 4 އަހަރުގެ ތެރޭގައި އެންމެ ގިނައިން ފިތުރު ޒަކާތް ލިބުނު އަހަރެވެ. އެގޮތުން މިިދިޔައަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 13.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.

ފިތުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދައާއި ގުޅިގެން ކުރުމަށް އަންގަވާފައިވާ އަޅުކަމެކެވެ. ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ނިކަމެތިންގެ މަތިން ހަދާންކޮށް، މުދާ ތާހިރުކުރެއްވުމެވެ. ރޯދަމަހުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ އެއްމެ މުހިއްމު އެއްކަމަކީ ފިތުރު ޒަކާތްކަމަށްވާއިރު ލަސްނުވެ މި އަޅުކަން ފުރިހަމަކުރުމަކީ އެންމެ އެދެވިގެންވާގޮތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ޒަކާތް އަސްނާފު ކާޑު” އިފްތިތާޙުކޮށްފި

ޒަކާތުގެ ޤާނޫނުގެ ދަށުން ކޮމިޓީ އުފައްދަވައި މެންބަރުން އައްޔަނުކުރައްވައިފި

މުޅި ރާއްޖޭގައި ޒަކާތުގެ ގޮތުގައި ލިބޭ ނަގުދު ފައިސާގެ ޢަދަދު ވަގުތުން ބެލޭނެ ނިޒާމެއް ޤާއިމުކޮށްފި

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލަކަށް އިމްތިޠާއު

TTH_advertisement