ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޚާއްސަ ތަރާވީސް މިރޭ ބޭއްވުމަށް ހަމަޖައްސާ ހުރިހާ މެންބަރުންނަށް ދަޢުވަތު ދީފި އެވެ.
ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ތަރާވީހެއް މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށެވެ. ތަރާވީސް އޮންނާނީ މިރޭ 9:30 ގަ އެވެ.
އެ ޕާޓީން ވަނީ ހުރިހާ މެންބަރުންނަށް އަދި އެ ޕާޓީއަށް ތާޢީދު ކުރާ ހުރިހާ ރައްޔިތުންނަށް މި ތަރާވީހަށް ދަޢުވަތު ދީފަ އެވެ.
ކޮންގްރެސް ޕާޓީން ދަނީ އެ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް އިތުރަށް ވަރުގަދަ ކުރަމުންނެވެ. ޚާއްސަކޮށް މެންބަރުންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރެ އެވެ.
ކިޔުންތެރިންގެ ހިޔާލު