ކުއްލި ޚަބަރު

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީ ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުﷲ ޢަފީފް (40އ) އާއި ތ. ތިމަރަފުށި / ލަކީހައުސް، ޞަފްވާން ޢަލީ (38އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކަށް އަމާޒުކޮށްގެން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.

މި ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ނިރޮޅުމަގުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓާއި 30500 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 190 އަށް ވުރެ ގިނަ ޑޮލަރު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ޢަފީފް (40އ) ހަތް ދުވަހަށް އަދިޞަފްވާން ޢަލީ (38އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވ ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންގޮސްފި

މައުލޫމާތު ދިނުމުގެ ހަރަކާތެއް އައްޑޫސިޓީ ފޭދޫގައި ފުލުހުން ކުރިއަށް ގެންގޮސްފި

98

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

TTH_advertisement