ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އައްޑޫސިޓީ ފޭދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި ފެބުރުވަރީ 25 ވަނަ ދުވަހު ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރަށުގައި ރައްޔިތުން އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތުދީ އަދި ރައްޔިތުންގެ ވާހަކަތައް އަޑުއަަހާފައިވެއެވެ.
އެގޮތުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމަށާއި ދުންފަތުގެ ގާނޫނަށް އަހުލުވެރިކުރުވުމަށާއި ވިޔަފާރިތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުުރުން، ވައްކަމުގެ މައްސަލަތައް އާންމުވެފައިވާތީ ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި މުޖުތަމައުގައި މިހާރު ހުރި ކަންބޮޑުވުންތަކާއި، އެ ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މި ހަރަކާތުގައި މައުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު