ކުއްލި ޚަބަރު

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ

އިތުރު 59 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

G Bg09UW8AIEDxD

ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 59 ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.

އެމްޕީއެލާ ހަވާލުކޮށްގެން މިދިޔަ  މަހުގެ 17ގައި ފެށި މި ޕްރޮގްރާމްގެ ދަށުން 56 އެމްބިއުލާންސް މާލެ ގެނެސް ރަށްރަށާ ވަނީ ހަވާލުކޮށްފައެވެ. 56 އެމްބިއުލާންސްގެ ތެރެއިން އެއް އެމްބިއުލާންސް ދީފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށެވެ. އަދި ބާކީ އެމްބިއުލާންސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަނީ ފޮނުވާފައެވެ.

އެމްބިއުލަންސްތަ ރަށްރަށަށް ފޮނުވުމުގެ އިތުރަށް އެ ދުއްވުމާއ،ި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މަޢުލޫމާތު އެމްޕީއެލްގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ. އަދި މިހާރު ބޭނުންކުރަމުންދާ ބައެއް އެމްބިއުލަންސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް އެތަންތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މީގެއިތުރުން އެމްބިއުލާންސްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދެމެހެއްޓެނިވިގޮތަކަށް މި އެމްބިއުލާންސްތައް ބޭނުންކުރެވޭނެހެން މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިގޮތަށް މިކަން ކުރުމަށް ސިއްޙީ ވުޒާރާއާއެކު އެއްބަސްވުމެއް ހަދައި އެމްބިއުލަންސްތައް ސަރވިސްކުރުމާއ،ި ބޭނުންވާ ސްޕެއަރ ޕާޓްސް ފޯރުކޮށްދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ސިއްޙީ ވުޒާރާއިން ބުނީ މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސް ގެންނާނެކަމަށެވެ. އަދި ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސްވެސް ގެންނާނެކަމަށް ސިއްޙީ ވުޒާރާއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އިމްޕޯޓް ޑިއުޓީ، ރޯޔަލްޓީ، ރެވެނިއު ފީ މާފުކޮށްދެވޭނެ އުސޫލު އާއްމުކޮށްފި

Big F5033ZrQTniqPtbkei4aeuZkq

މިހާތަނަށް މުޅިން އަލަށް 9 ރަށެއްގައި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ފަށައިފި

MPL

ބާޒާރުމަތީ ބަނދަރަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓު ފޯރުކޮށްދެނީ

ރޯދަމަހުގެ ފުރަތަމަ 2 ދުވަހު އެންމެ ގިނައިން ކްލިއަރކުރީ ކުކުޅު ބިސް

TTH_advertisement