ކުއްލި ޚަބަރު

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

767

ރާއްޖެއަށް މިހާރު ދިމާވެފައިވާ ވައިނުސާފުވުމުގެ މައްސަލައިގައި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށާއި، ދިގު މުއްދަތުގެ ހައްލެއް ހޯދަން ބޭރު ގައުމުތަކާއެކު މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ރާއްޖެއަށް އަންނަނީ ދުންފުހުގެ އަސަރު ކުރަމުންނެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ވައިނުސާފުވުމުގެ މައްސަލައަކީ އާންމު ސިއްހަތާއި ތިމާވެއްޓާއި ތިމާވެށީގެ ދެމެހެއްޓެނިވި ކަމަށް ނޭދެވޭ އަސަރުތައް ކުރުވާ ކަމެއް ކަމަށް ވުމުން، އެއީ ސަރުކާރުން ގައުމީ ފެންވަރުގައި އިސްކަންދީގެން ބަލާ މައްސަލައެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ، މި ދުވަސްވަރު ދުންފުހުގެ މައްސަލަ ގޯސްވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އަދި ބޭރު ގައުމުތަކުން އަންނަ، ތަޣައްޔަރުވެފައިވާ ވަޔަށް ދިގު މުއްދަތަކަށް ހުށަހެޅުމުން ރައްޔިތުންގެ ސިއްހަތަށް ގެއްލުންވުމުގެ އިތުރަށް، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގުތިސާދަށް ވެސް ނޭދެވޭ އަސަރުކުރާކަން މިނިސްޓްރީން ބުންޏެވެ.

ދުންފުހުގެ މައްސަލައަކީ މުޅި ދެކުނު އޭޝިއާއަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މޫސުމާއި ވަޔަށް އަންނަ ބަދަލުތަކާއެކު، އެކި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ މާއްދާތައް އެއް ގައުމުން އަނެއް ގައުމަށް ފޯރައެވެ.

އެ މިނިސްޓްރީން ބުނީ، ރާއްޖެ އުފެދިފައިވާ ގޮތުންނާއި އާބާދީގެ ބޮޑު ބައެއް ކުޑަ ސަރަހައްދަކަށް ޖަމާވެފައި އޮތުމުން، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ އަސަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ.

އެއް ގައުމުން އަނެއް ގައުމަށް ފޯރާ ތަޣައްޔަރުވެފައިވާ ވައިގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި ބައިނަލްއަގުވާމީ ފިޔަވަޅުތައް ވަރުގަދަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން، ކަމާ ގުޅޭ މަޝްވަރާތައް ކުރުމާއި، މައުލޫމާތު ހިއްސާކުރުމާއި ސައިންޓިފިކް މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބަޔާނުގައިވަނީ، ރާއްޖެއަށް މިހާރު ދިމާވެފައިވާ ވައިނުސާފުވުމުގެ މައްސަލައިން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށާއި ދިގު މުއްދަތުގައި ވައިގެ ސާފުކަން ދެމެހެއްޓުމަށާއި، ތިމާވެށީގެ ވިލުންތެރިކަން ގާއިމުކުރުމަށް ސަރުކާރުން ސަރަހައްދީ ފެންވަރުގައިއާއި އެއަށްވުރެ ފުޅާކޮށް ވެސް މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ، ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ތިމާވެށީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއަރުވަމުން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

Izaam

ފަލަސްތީނު މީހުންނަށް އެހީދޭ ޖަމާއަތުގެ އިމާރާތް ތަޅާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Mm

ޔަމަނުގައި ހަމަޖެހުން ގާއިމްކުރަން ސައުދީ އިސްވެ ކުރަމުންދާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔައިފި

Ii

ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗުގައި ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

TTH_advertisement