ކުއްލި ޚަބަރު

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ

2 އިންތިޚާބު އެއްކޮށްލައި ކުރާ ޚަރަދުން ބޮޑު ބައެއް ސަލާމަތްކުރަން، ރައްޔިތުންގެ ޚިޔާލަށް!

VOTE
އިބްތިޚާބެއްގައި ބެހެއްޓި ވޯޓު ފޮށީގެ ވޯޓު ގުނުން | ފޮޓޯ: ފަރުދުން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު 2 އިންތިޚާބަކީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ކޮންމެ 5 އަހަރަކުން އެއްފަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބަށްފަހު ޖެހިގެން އަންނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަންދޫބުން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަނީ ބާއްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާގޮތުގައި ރާއްޖޭގައި ބާއްވާ މި ދެއިންތިޚާބަށްވެސް އެވްރެޖްކޮށް ކޮންމެ އިންތިޚާބަކަށްވެސް 100 މިލިޔަނެއްހައި ރުފިޔާ ޚަރަދުކުރަންޖެހެއެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް އެކަނިވެސް 120 އަކަށް މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.

ގާތްގާތުގައި 2 އިންތިޚާބު ބޭއްވުމުގެ ސަބަބުން އެކި މައްސަލަތައް ކުރިމަތިވާކަމަށް ބުނެ އެކި ދުވަސްވަރު އެކި ފަރާތްތަކުންވަނީ ޝުޢޫރުފާޅުކޮށްފައެވެ. މިހާރު ސަރުކާރުން މިވަނީ މިކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު ރައްޔިތުންނަށް ދޫކޮށްލާފައެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ވޯޓުލާން ނުކުންނަ އެންމެ ބޮޑު 2 އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުށައެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދަނީ އެމަސައްކަތް ކުރަމުންނެވެ. މިކަމުގައި ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާއިރު 2 ފަރާތަށްވެސް މިކަމުގައި އަންނަނީ ބަހުސް ކުރަމުންނެވެ. އެގޮތުން ދެ އިންތިޚާބު އެއްކޮލުމަށް ވާހަކަދައްކަމުންދާ ފަރާތްތަކުން ފާހަގަކުރާ އެއްކަމަކީ މިއީ ދައުލަތުގެ ޚަރަދު ކުޑަކުރެވޭނެ ކަމެކެވެ.

ދެއިންތިޚާބު އެއްކޮށްލުމަކީ މާލީގޮތުން ދުރުރާސްތާއަށް ބަލާއިރު ހުރިހާ ފަރާތަކަށްވެސް މީގެ ފައިދާކުރާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

VOTE

ސިނާޢީ ރަށްރަށާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓާނެ

election commission

ވޯޓުލުމަށް 26000އަށްވުރެ ގިނަ މީހުން ރީ- ރަޖިސްޓްރީ ވެފައިވޭ: އިލެކްޝަންސް

Election commission

އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭ ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުން މުހިންމު: އީސީ

election commission

ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހަމަވަނީ

TTH_advertisement