ކުއްލި ޚަބަރު

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ

ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕްރެސިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާ މުބާރާތުގެ ޗެމްޕިއަންޓީމަށް މެޑަލް އާއި ޓްރޮފީ ހަވާލުކޮށްދެއްވައިފިއެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބް ވާދަކުރި ފައިނަލް މެޗު 1-1 ދެ ޓީމް އެއްވަރުވެގެން ފުރިހަމަ ވަގުތުގެ ކުޅުންހަމަވިއިރު މުބާރާތުގެ ޗެމްޕިއަންޓީމް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މާޒިޔާގެ މައްޗަށް ކުރި ހޯދާ އޮޑި ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕެނަލްޓީ ޝޫޓް އައުޓްގައި މާޒިޔާގެ 3 ޕެނަލްޓީ މަތަކޮށް އޮޑިއަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ޓީމުގެ ގޯލްކީޕަރު މުގައްމަދު ޝަފީއުއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ އޮޑި ސްޕޯޓްސް ކްލަބްގެ ޒުވާން ފޯވާޑް އަހުޒަމް ރަޝީދެވެ.

މިއީ މުބާރާތުގައި އޮޑި ސްޕޯޓްސް ކްލަބުން ވާދަކުރި ފުރަތަމަ ފަހަރު އަދި ފުރަތަމަ ޑިވިޝަންގައިވެސް ކުޅޭ ފުރަތަމަަ ސީޒަންގައި އޮޑިން މިވަނީ ފުރަތަމަ ތަށި އުފުލާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އިމްޕޯޓް ޑިއުޓީ، ރޯޔަލްޓީ، ރެވެނިއު ފީ މާފުކޮށްދެވޭނެ އުސޫލު އާއްމުކޮށްފި

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ޝަފީއު އައްޔަނުކުރައްވައިފި

ކެންޑިޑޭޓުންގެ ކެމްޕޭނުގައި ރައީސް މައްޗަންގޮޅީގައި “ދޮރުންދޮރަށް”

ރައީސް ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

TTH_advertisement