ކުއްލި ޚަބަރު

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ރައީސް ރޯދަ ވީއްލުމެއް ދެއްވައިފި

މެނިފެންސްޓޯ ތަންފީޒްކުރުމަށް މުހިންމީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް: ޝިޔާމް

shiyam minister

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒްކޮށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުންދޭނެ ކައުންސިލަރުން އިންތިޚާބުކުރުން މުހިންމުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ދޮރުންދޮރަށް ކެމްޕެއިން ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން އެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒްކުރުމަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް މުހިންމުކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ އެއްވެސް މަޝްރޫޢުއެއް މަޑޫނުޖެހި ކުރިއަށް ދިއުންކަމަށާއި، އެކަމަށްޓަކައިވެސް އެއްބާރުލުން ދޭނެ ކައުންސިލަރުން މުހިންމުކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި މީގެ ކުރިން ބައެއް ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ރަނގަޅު ނަތީޖާ ނުނެރެވިހުރިތަން ފެނިފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ބައެއް ކައުންސިލްތަކަށް ސަރުކާރުން ނުފީޒް ފޯރުވާފައި ހުރިތަންވެސް ފެނިފައިވާކަމަށެވެ. ނަމަވެސް މި ސަރުކާރުން އެފަދަ އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށާއި، މިއީ ލާމަޒރުކަޒީ ނިޒާމަށް ފުރިހަމައަށް އެއްބާރުލުންދޭ އަދި ފުރިހަމަގޮތުގައި ތަންފީޒްކުރާނެ ސަރުކާރެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކައުންސިލްތަކުގެ މުހިންމު ދައުރެއް އެބައޮވޭ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ބޮޑެތި އެހީތެރިކަން ކައުންސިލްތަކުން އެބަ ބޭނުންވޭ.

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވަނީ ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވާނެ ތަންތަނުގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އޭގެ ބަދަލުގައި ކައުންސިލްތަކަކީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކަަކަށްވެ ސަރުކާރުގެ ގުނަވަނެއްގެ ގޮތުގައި އޮންނަ ބައެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ghassan

ވަޢުދާ އެއްގޮތަށް މިނިވަން ޑިމޮކްރެޓިކް މާހައުލެއް ރައީސް ދަނީ ދަމަހައްޓަވަމުން: ޣައްސާން

DSC

ލާމަރުކަޒީ އުސޫލުގައި ކައުންސިލުން ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭކަމަކަށް ނޯވޭ: ޙަލީމް

Door to Door campaign

ނޫސްވެރިޔަކަށް ސުވާލުކުރަން ރައީސް ފުރުޞަތު ނުދެއްވިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

Raafiu

ރައީސްގެ ތަސައްވުރު ޙާސިލުކުރެވޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަރުންނަށް: ރާފިޢު

TTH_advertisement