ކުއްލި ޚަބަރު

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ރައީސް ރޯދަ ވީއްލުމެއް ދެއްވައިފި

މަހުގެ އުފެއްދުންތައް މިރޯދަމަހު ހުސްނުވެ ލިބޭނެ: މިފްކޯ

mifco

މި ރަމަޟާންމަހު މިފްކޯއިން ވިއްކާ މަހުގެ ބާވަތްތައް އާންމު ރައްޔިތުންނަށް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ދީފިއެވެ. މިފްކޯއިން މި ޔަޤީންކަން ދީފައިވަނީ މިފްކޯގެ ބައެއް އުފެއްދުންތައް ހުސްވެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން މިފްކޯއިން ބުނީ، ރަމަޟާން މަސް ފެށުނުއިރު ރާއްޖެއަށް މަސްވެރިކަން ދަށްވިކަމަށެވެ. ރަމަޟާންމަހަކީ މަހުގެ ބާވަތްތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާ މަހެކެވެ. އެހެންކަމުން އެކަމަށް މިފްކޯއިން ތައްޔާރުވެފައިވާކަމަށާއި ރައްޔިތުންނަށް މަހާއި މަހުގެ އުފެއްދުންތައް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

މިފްކޯއިން ބުނީ އެކުންފުނީގެ އުފެއްދުންތައް ހުސްނުވެ މިރަމަޟާންމަހު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ދުރާލާ މަސައްކަތް ފެށިކަމަށެވެ. އަދި މިތަކެތި މިފްކޯގެ ފިހާރަތަކުން ލިބޭނެކަން ކަށަވަރުކުރާނެކަމަށެވެ.

މަސްވެރިން މިފްކޯއަށް މަސްކިރުވި މިންވަރަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު 242 ޓަނުގެ މަސް ކިރުވާފައިވެއެވެ. މިދިޔަ މަހު އެ އަދަދު ވަނީ 93 ޓަނަށް ވެއްޓިފައެވެ. އަދި މި މަހުގެ މިހާތަނަށް މިފްކޯއަށް ކިރުވާފައި ވަނީ އެވްރެޖްކޮށް ދުވާލަކަށް 58 ޓަނުގެ މަސް ކަމަށް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިފްކޯއިން ކުރާ މި މަސައްކަތުގެ އަމާޒަކީ ރޯދަ މަހު އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް މަސް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެކަން ކަށަވަރުކުރުމަށް މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކާ އެކު ގާތުން މަސައްކަތްކޮށް، މަސްވެރިކަމަށް އަންނަ ބަދަލުތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހުވެސް މިފްކޯގެ މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. އިތުރުވާ ޑިމާންޑާއި އެއްވަރަށް އުފެއްދުންތައް ބާޒާރަށް ނެރުމަށްޓަކައި ކޮންމެ އަހަރަކުވެސް އެ ކުންފުނިން ދުރާލާ މަސައްކަތްތަކެއް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

masverin

މި މަހު މަސްވެރިންނަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

masverin

މަސްވެރިންނަށް އިއްޔެ އެކަނިވެސް 1.2 މިލިއަން ރުފިޔާ ދޫކުރި

masverin

މި މަހު މަސްވެރިންނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

TTH_advertisement