ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޫސްވެރިޔަކަށް ސުވާލުކުރަން ރައީސް ފުރުޞަތު ނުދެއްވިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

Door to Door campaign

ޕީޕަލްސް ނޭޝަނަލް ކޮންްގްރެސް، ޕީއެންސީން އިއްޔެ ބޭއްވި މައްޗަންގޮޅި މެދު ދާއިރާގެ ދޮރުންދޮރަށް ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ސުވާލުކުރަން އުޅުނު ނޫސްވެރިޔަކަށް ސެކިއުރިޓީން ހުރަސްއެޅިކަމަށް ބުނާ ވާހަކ، މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް މުޙައްމަދު ދޮގުކުރައްވައިފިއެވެ.

އިއްޔެ މައްޗަންގޮޅި މެދު ދާއިރާގައި ބޭއްވި ދޮރުންދޮރަށް ކެމްޕެއިން ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ގޭގެއަށް ޒިޔާރަތްކުރައްވަމުން ގެންދަވަނިކޮށް ނޫސްވެރިޔަކަށް ހުރަސްއެޅިކަމަށް އޮންލައިން ނޫހަކުން ވަނީ ތުހުމަތުކޮށްފައެވެ. އެވަގުތު އެ ހކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި މެންބަރު އިބްރާހީމް މުޙައްމަދު ވަނީ އެކަން ދޮގުކުރައްވާފައެވެ. ނޫސްވެރިޔާ މަސައްކަތްކުރެއްވީ ރައީސްގެ ސެކިއުރިޓީ ފޫއަޅުވާލައި އެތަނަށް ވަނުމަށްކަމަށްވެސް މެންބަރު ތުހުމަތުކުރެއްވިއެވެ. އަދި އެ މަންޒަރު އެ ނޫހުގެ އެހެން މީހަކު ފޮޓޯ ނަގައި ވީޑިއޯ ނެގީކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވަނީ ހަގީގީ މާނާގައި ރައީސާ ސުވާލުކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށްވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މީޑިއާތަކާއި ގާތް ގުޅުމެއް ބާއްވަވަމުންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅީވެސް ރައީސްގެ އިސްނެންގެވުމަށް މިސަރުކާރުގައެވެ. އަދި ސިލްސިލާކޮށް ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށްވެސް ރައީސް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ މޭޔަރުކަމުގެ ދެވަނަ ދައުރެއް ނިޒާރަށް

ރައީސް މުއިއްޒު ތިން އިންތިޚާބުގައި ވޯޓު ލައްވައިފި

raees Muizzu

އެންމެންވެސް ވޯޓުލުމުގައި ބައިވެރިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

DSC

އަޅުގަނޑުމެންނަށް އިތުބާރުކޮށްފައިދޭ ވޯޓަކީ ރައްޔިތުން މާޔޫސްވާނެ ވޯޓަކަށް ނުވާނެ: ރައީސް