ކުއްލި ޚަބަރު

ދިއްދޫ ރައްޔިތުން އެދުނުގޮތަށް 112 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފި

މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

އެމްޕީއެލް އިން އިއްޔެ 4،135 ޓަނުގެ މުދާ ކްލިއާކުރި، ގިނައީ ކަރާ

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ޝަފީއު އައްޔަނުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކ. ދިއްފުށި، ސްވީޓްމީޑް އަލްއުސްތާޒު ހަސަން ޝަފީއު މިއަދު އައްޔަންކުރައްވައިފިއެވެ.

ޖޭއެސްސީގައި، ހައިކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކުރިން ހުންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ނަމަވެސް އޭނާ މިހާރުވަނީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝަފީއު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ޝަފީއުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ސަލީމް ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖޭއެސްސީއަށް އައްޔަނުކުރެއްވިކަމުގެ ލިޔުން ޝަފީއުއާ ހަވާލުކޮށްދެއްވައިފައެވެ.

ފަނޑިޔާރު ޝަފީއުއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ (އެލްއެލްބީ) ހާސލުކުރައްވާ، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުލުކުރައްވާފައިވާ ބޭފުޅެކެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަފީއު އައްޔަން ކުރައްވާފައިވަނީ 2020 އޮކްޓޫބަރު 04 ވަނަ ދުވަހުގައެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި އެއް އަހަރު ދުވަހު، ފަނޑިޔާރު ޝަފީއު ހިމެނިވަޑައިގެންނެވިއެވެ.

ފަނޑިޔާރު ޝަފީއު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އެއީ ފެމިލީ ކޯޓުގެ ގާޒީގެ މަގާމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކެންޑިޑޭޓުންގެ ކެމްޕޭނުގައި ރައީސް މައްޗަންގޮޅީގައި “ދޮރުންދޮރަށް”

ރައީސް ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ރަމަޟާންމަހުގެ ތަހުނިޔާ އަރިސްކުރައްވައިފި

raees muiz

ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމަޢެއް ދެކެން ބޭނުންވޭ: ރައީސް

TTH_advertisement