ހިއުމަން ރައިޓްސް ކައުންސިލް ނުވަތަ އިންސާނީ ޙައްގުތަކާބެހޭ މަޖިލީހުގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޖެނިވާއަށް ވަޑައިގެންފިއެވެ. މިއީ އިންސާނީ ހަގުތަކާބެހޭ ކައުންސިލްގެ 61 ވަނަމަތީފަންތީގެ ހަފްތާގެ ބައްދަލުވުމެކެވެ.
ޚާރިޖީ ވަޒީރުޑރ. ޚަލީލް ވިދާޅުވީ މި ދަތުރުގެ ތެރެއިން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ރައްކާތެރިކަމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ. އަދި އެކި ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކޮށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް އުންމީދުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
Arrived in Geneva for the High Level Week of the 61st session of the Human Rights Council #HRC61.
I am looking forward to discussions on measures towards the promotion and protection of human rights, as well as fruitful meetings with my counterparts. The Maldives is fully…
— Abdulla Khaleel (@abkhaleel) February 22, 2026
އިންސާނީ ޙައްގުތަކުގެ މި ބައްދަލުވުން ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވައި މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގެ ހުރިހާ މަރުހަލާއެއްގައިވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ބައިނަލްއަޤްވާމީ ގުޅުންތަކުގެ ނިޒާމު ހަރުދަނާކުރުމަށް ރާއްޖެއިން މަސައްކަތްކޮށް އެކަމުގައި ދެމިއޮންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ވަނީ 2023-2025 ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަން ކޮށްފައެވެ. މިއީ އެ ކައުންސިލްގެ މެންބަރުންކަން ރާއްޖެއިން އަދާކުރާ ތިންވަނަ ފަހަރުވެސްމެއެވެ.
އިންސާނީ ހައްގުތަކާބެހޭ ކައުންސިލަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަސތްކުރުމަށް އުފައްދާފައިވާ އދ.ގެ ގޮތްޕެކެވެ
ކިޔުންތެރިންގެ ހިޔާލު