ކުއްލި ޚަބަރު

އެމްބިއުލާންސަށް ދިޔަނުދީ މަގު ބްލޮކްކޮށްގެން މުދާ ބާލަން މަޑުކުރި ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

އެމޭޒަންއާއި އަލީ އެކްސްޕްރެސް ބްލޮކް ނުކުރޭ، ފަތުރަނީ ދޮގު ވާހަކަތަކެއް!

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

dhiraagu

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމު ހިއްސާދާރުންނަށް އެ ކުންފުނިން ވަނީ މިމަހުގެ ފަސްވަނަ ދުވަހު ހުޅުވާލައިފައެވެ.
ޕަބްލިކް ޑިރެކްޓަރުގެ މަގާމަކީ، މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ، އާންމު ހިއްސާދާރުން ތަމްސީލުކުރާ ފަރާތެވެ.

މި މަގާމަށް ހޮވޭ ފަރާތެއްގެ ދައުރަކީ، އެ ފަރާތެއް އިންތިހާބު ކުރާ އަހަރީ އާންމު ޖަލްސާއިން ފެށިގެން، އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ. މި އިންތިހާބު އޮންނާނީ މި އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގުގެ 37ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

ޝަރުތުހަމަވާ އާންމު ހިއްސާދާރުން “ޕަބްލިކް ޑައިރެކްޓަރުކަމަށް އެދޭ ފޯމު” އާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، ސިޓީ އުރައެއްގައި ބަންދުކޮށް ދިރާގު ހެޑް އޮފީސް އަށް ކޮމްޕެނީ ސެކްރެޓަރީ އަށް އެޑްރެސްކޮށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ހުޅަހެޅޭނެއެވެ.

ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ. އެޕްލިކޭޝަން ފޯމު ދިރާގުގެ އޭޖީއެމް ޕޭޖުން ނުވަތަ އަންނަ މަހުގެ 12އަށް ދިރާގު ހެޑް އޮފީހުން ލިބެން ހުންނާނެއެވެ.

ހުށަހަޅާ އެޕްލިކޭޝަންތައް ވަކި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބޯޑުގެ އާރްއެންޖީ (RNG) ކޮމިޓީންނެވެ.

ޝޯޓްލިސްޓްކުރުމަށްޓަކައި މަގާމަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ދިރާގުން ބުންޏެވެ. އެއަށްފަހު، ކޮމިޓީން ނިންމާ ނަންތައް ބޯޑުގެ ހުއްދައާއެކު އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ހިމަނައި، ވޯޓަށް ހުށަހެޅޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެ މަގާމަށް ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ. ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ ޖަލްސާއަށް ހާޒިރުވާ، ނުވަތަ އޮންލައިންކޮށް ބައިވެރިވާ ނުވަތަ ޖަލްސާގައި ހިއްސާދާރުން ތަމްސީލުކުރާ ފަރާތްތަކަށެވެ. ކޮންމެ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރެއް ތަމްސީލުކުރާ ފަރާތަކަށް ވެސް ވޯޓު ދެވޭނީ އެ ފަރާތަކަށް ނިސްބަތްވާ ޖުމްލަ ހިއްސާގެ އަދަދަށް ކޮންމެ ހިއްސާއަކަށް ވޯޓެއްގެ އުސޫލުންނެވެ.

ދިރާގަކީ މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ކުންފުންޏަކަށް ވާތީ، ޝަރުތުހަމަވާ އަންހެން ހިއްސާދާރުން އެ މަގާމަށް ކުރިމަތިލުމަށް ބާރުއަޅައި ހިތްވަރުދޭ ކަމަށް އެކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިރާގުން މީޑިއާނެޓްއާ ގުޅިގެން އެމްޓީވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ތައާރަފުކޮށްފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރާގުގެ އާ ޕާޓްނަރު ފިހާރައެއް ހުޅުވައި

ހސދހ 750x375

ދިރާގުގެ ލޯންޗު ލިބޭ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

TTH_advertisement