ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމަށް 14 ރަށަކަށް ތަކެތި ފޮނުވަން ފަށައިފި

Kudakudhinge park
ކުޑަކދުިންގެ ޕާކް ތަރައްޤީކުރާނެ ތަކެތި ރަށްރަށަށް ފޮނުވަން ވަނީ ފަށާފައި

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް 14 ރަށެއްގައި ޕާކް ތަރައްޤީކުރުމަށް ބޭނުންވާ ޕާކު ސެޓްތައް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އެ ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ނުކުތް ކުޑަކުދިންގެ ތެރެއިން ބައެއް ކުދިން އެ ކުދިން ކުޅެލާނެ ޕާކެއް ނެތިގެން އެ ވާހަކަ ރައީސުލްޖޫމްހޫރިއްޔާއަށް ދެންނެވުމާ ގުޅިގެން، ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ގޮތުން، 57 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ހަމަޖައްސަވާފައިވެއެވެ.

ކުޑަކުދިންގެ ޕާކު ތަރައްްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެންނެވެ. އެ ކުންފުނިތަކުގެ ތެރޭގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ހިމެނެއެވެ.

މި ފަހަރު ޕާކު ސެޓްތައް ފޮނުވާފައިވަނީ އާރްޑީސީއާ ހަވާލުކޮށްފައިވާ 2 ރަށަކަށާއި، ފެނަކައާއި ހަވާލުކޮށްފައިވާ 6 ރަށާކަށާއި އަދި އެސްޓީއޯގެ ސީއެސްއާރުގެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ 2 ރަށެއްގެ އިތުރުން އެމްޓީސީސީން ކުރިއަށް ގެންދާ 4 ރަށަށެވެ.

ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 12 ރަށެއްގައި ޕާކް ތަރައްގީކުރުމުގެ މަސައްކަތް 3 އެސްއޯއީއަކާއެކު 29 މާޗް 2025ގައި ސޮއިކޮށްފައިވާއިރު، ދެވަނަ ފިޔަވަހީގައި 40 ރަށުގެ އިތުރުން 30 ރަށެއްގެ ޕާކު ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި 10 ނޮވެމްބަރު 2025 ސޮއިކޮށްފައިވެއެވެ. ބާކީ 8 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

މާލެ ސަރަހައްދުން ފްލެޓާއި ބިން ދޫކޮށްލުމުގައި އަމަލުކުރާނެ އުސޫލު ސަރުކާރުން އާންމުކޮށްފި

ސިނާމާލެއާއި މާލެ ހިޔާގެ އެސެސްމަންޓަށް ކޮންސަލްޓަންސީ ހޯދަނީ

ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތަޙުޤީޤަށް މީހަކު ހައްޔަރު ކޮށްފި

ސާފް ޗެމްޕިއަންޝިޕް ފަށައިފި