ކުއްލި ޚަބަރު

ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި މިސްކިތް ހުޅުވައިފި

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

ބާޒާރުމަތީ ބަނދަރަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓު ފޯރުކޮށްދެނީ

MPL
ބޮޑުތަކުރުފާނު މަގު އަލަށް ތަރައްޤީކުރި ސަރަހައްދު

މާލޭ އުތުރުފަރާތު ބަނދަރުގެ އެއްގަމު ތޮއްޓަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ތައްޔާރުވެއްޖެއެވެ.

އެމްޕީއެލުން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު ވަނީ އަލުން މާލޭ ނޯތު ހާބަރުގެ ‘އޭ ޒޯން’ (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް ބަނދަރުކުރަން ފަށާފައިކަމަށެވެ. މީގެ އިތުރުން، މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މީގެ ކުރިން ‘އޭ ޒޯން’ އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމަށްކަމަށްެސް އެމްޕީއެލުން ބުންޏެވެ.
MPL
ބޮޑުތަކުރުފާނު މަގު އަލަށް ތަރައްޤީކުރި ސަރަހައްދު
ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު ގެނެސްފައިވާ އެންމެ ބޮޑޫ އެއް ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުމެވެ. މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްޕީއެލުން ބުންޏެވެ.
ހަމައެއާއެކު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ ‘ބީ ޒޯން’ (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމަށް މިހާރު މަސައްކަތްކުރަމުންދާކަމަށްވެސް އެމްޕީއެލުން ބުންޏެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ރަސްމީ ފާލަމުން ފެށިގެން ނޯތު ހާބަރާހަމައަށް މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މިއާއެކު އެސަރަހައްދަށް ގާތްކުރާ އުޅަނދުފަހަރަށާއި، އެ ސަރަހައްދު ބޭޏުންކުރާ ފަރާތްތަކަށްވަނީ ވަރަށް ބޮޑަށް ފަސޭޙަވެފައެވެ. މި މަޝްރޫޢުގެ ދަށޫން މަގު ފުޅާކޮށް ހެންވޭރު ފެރީ ޓާރމިނަލާ ހަމައަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި މުޅި މަޝްރޫޢު އޭޕްރީލް ނުވަތަ މެއި މަހު ނިމޭނެކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Boduthakurufaanu magu

މާލޭ އުތުރުފަރާތު މަގުގެ ބާކީބައި ތަރައްޤީކުރަން މިމަހު ފަހުކޮޅު ފަށަނީ

ރޯދަމަހުގެ ފުރަތަމަ 2 ދުވަހު އެންމެ ގިނައިން ކްލިއަރކުރީ ކުކުޅު ބިސް

767

މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލައިފި

ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު

TTH_advertisement