ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

Election

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ އިންތިޚާބާއި، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް އަވަހަށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ. އިންތިޚާބަށް ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.

އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި  އަދި ދެ އިންތިޚާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓަރ ވާން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ.  އެ ތިން އިންތިޚާބަށް ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތުމާދަމާގެ މެންދުރުފަހު 3:00އާއި ހަމައަށް މުއްދަތު ހަމަވާނެއެވެ.

 

ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، ‘ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ (form.elections.gov.mv) ނުވަތަ ‘މައި ޕޯޓަލް’ (my.elections.gov.mv) މެދުވެރިކޮށެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ލައިވް ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. ‘މައި ޕޯޓަލް’ މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަނުގެ މައުލޫމާތު ހޯދަން ވީއާރު، ހުސްތަންކޮޅެއް ދޫކޮށްލުމަށް ފަހު، އައިޑީކާޑު ނަމްބަރު ޖެހުމަށްފަހު 1414 އަށް ފޮނުވުމުން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތާއީދުކޮށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް މޫސާ އަލީ ޖަލީލްގެ ޝުކުރު

Ui

ފުވައްމުލަކު ދަޑިމަގު ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރުވެއްޖެ

ފޮނަދޫގެ 10 ގޮނޑި ޕީއެންސީއަށް

election

ކައުންސިލް އިންތިޚާބެއްގައި 73 އިންސައްތަ މީހުން ވޯޓުލާފައިވޭ