ކުއްލި ޚަބަރު

މީހަކު ރަހީނުކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ބޭނުންކުރެވޭ ރިޒާވް 300 މިލިއަން ޑޮރުން މައްޗަށް

121
އެމްއެމްއޭ — ފޮޓޯ: ދަ އެޑިޝަން

މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރަށް މައްޗަށް އަރާފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުގައި ޖެނުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 1.03 ބިލިއަން ޑޮލަރުގައެވެ. މިއީ މިފަހުން ރަސްމީ ރިޒާވް ބިލިއަން ޑޮލަރަށް އެރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގެ ޢަދަދު ހުރީ 983 މިއަލް ޑޮލަރުގައެވެ. އެހެންކަމުން މިއީ %4 ކުރިއެރުމެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުގައި މީގެ ކުރިން ރަސްމީ ރިޒާވް ބިލިޔަނުގައި ހުރީ 2020 ވަނަ އަހަރުއެވެ. އެއީ ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ އެއަހަރު ތެރޭ ބޭނުން ކުރުމުންނެވެ. އެއަހަރުގެ ޑިސެންބަރު މަހު އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވެއެވެ.

ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ޖަނަވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 839.8 މިލިޔަން ޑޮލަރުގައެވެ. މިއާއެކު ބޭނުންކުރެވޭ ރިޒާވުގައި ޖަނަވަރީ މަސް ނިންމާލިއުރު، 301.4 މިލިޔަން ޑޮލަރުގައެވެ. އެހެންކަމުން މިއީ ބޭނުންކުރެވޭ ރިޒާވް މީގެ އަހަރުތަކެއް ކުރިން ހީނަރުވެފައި އޮތުމަށްފަހު ރަނގަޅުވި ފުރަތަމަފަހަރެވެ.

ރާއްޖޭގެ ރިޒާވް އިތުރުވި މައިގަނޑު ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mma

ޖަނަވަރީގެ ނިޔަލަށް ރަސްމީ ރިޒާވު 1.03 ބިލިޔަން ޑޮލަރަށް

8q

ރޯދަ މަހަށް ޚާއްސަކޮށްގެން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރު 32 އިންސައްތަ އެމްއެމްއޭ އިން އިތުރުކޮށްފި

ސްޓޮކް މަދުވުމާއި ގުޅިގެން 20 ރުފިޔާގެ ނޫޓު އަލުން ނެރެފި

tourist

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން

TTH_advertisement