ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ޤާއިމްކުރި މާރުކޭޓާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް

Hulhumale Market
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރި މާރުކޭޓު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރި “ރޯދަ މާރުކޭޓް” ހުޅުވައިފިއެވެ.

ރަމަޟާންމަހަށް ޚާއްޞަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ހުޅުވި މާރުކޭޓާއެކު އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިގެންގޮސްފައެވެ. އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންންނަށް ފަސޭހަކަމާއެކު ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކުންފުނީގެ ފަރާތުން ތަރައްޤީކުރި މާރުކޭޓެއްކަމަށެވެ. އެ މާރުކޭޓުން، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީއާއި އެނޫންވެސް ދިވެހި އުފެއްދުންތައް ލިބެން ހުންނާނެކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯދަ މާރުކޭޓު ޤާއިމްކޮށްފައިވަނީ ވިނަރެސް 8އާއި އެސަރަހައްދުގައި ހުރި ވަގުތީ މިސްކިތް ދޭތެރޭގައެވެ،

އެޗްޑީސީން ބުނީ މި މާރުކޭޓުން ޖުމްލަ 24 ގޮޅި ދަނޑުވެރިންނަށް ދޫކޮށްފައިވާކަމަށެވެ. އަދި އެތަންތަން ދޫކޮށްފައިވަނީ ކުލި ދައްކަން ނުޖެހޭގޮތަށްކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލެއަކީ ހުރިހާ ޚިދުމަތެއް ފަސޭހައިން ލިބެން ހުންނަ ތަނަކަށް ހެދުމަށްކަމަށް މަސައްކަތްކުރަމުންނެވެ. ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ އަދި ޚިދުމަތްތައް ކައިރިން ލިބޭނެ އިންތިޒާމު އެޗްޑީސީން އަންނަނީ ހަމަޖައްސަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ހުޅުމާލޭ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފީ

Original

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ ސްޕޯޓްސް ޕާކުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގައި 1100 އުޅަނދުގެ ޖާގައިގެ ޕާކިން ބިލްޑިންގެ ބިންގާއަޅައިފި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި