ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކ. ގުރައިިދޫ ކައުންސިލްގެ ގޮނޑިވެސް ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެ

IBRAHIM SHALEEZ
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޝަލީޒް

މާލެ އަތޮޅު ގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެޕްރީލް 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ޝަރުޠު ހަމަވެފައިވަނީ، އިންތިޚާބު ކުރަންޖެހޭ ޢަދަދަށްކަަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ މަޤާމަށް ކުރިމަތިލީ ކ. ގުރައިދޫ / އޯޝަންރީޑް އިބްރާހީމް ޝަލީޒް އިންތިޚާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ޝަލީޒްއަކީ މިހާރު އެކައުންސިލްގެ ނައިބު ރައީސެވެ.

ގުރައިދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އަމިއްލަގޮތުންވެސް ކެނޑިޑޭޓަކު ވާދަކުރިއެވެ. އެހެންނަމަވެސް އޭނާގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެން އޭނާ ސުޕްރީމް ކޯޓަށްވެސް މައްސަލަ ހުށައެޅިއެވެ. ނަމަވެސް އެކޯޓުންވެސް ވަނީ އޭނާއާ ދެކޮލަށް މައްސަލަ ނިމިފައެވެ. ކޯޓުންވެސް ނިންމެވީ އޭނާގެ ކެންޑިޑެންސީ ބަލައިނުގަތުމަށެވެ.

ގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކޮންގްރެސް ޕާޓީއަށް ކަށަވަރުވުމާއި ގުޅިގެން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކުރިން 70 ގޮނޑި އެޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. އެއީ ކައުންސިލްގެ 29 ގޮނޑިއާއި އަންހެނުންގެ ތަރައްޤީިއަށް މަސައްކަތްކުރާ ކޮމިޓީގެ 41 ގޮނޑިއެވެ.

އަންނަ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުންވެސް ވާދަކުރަނީ ކޮންގްރެސް ޕާޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election

ދެވަނަ ބުރުގައި ވޯޓުލާނީ، ކައުންސިލް 2 ގޮނޑިއާއި، އ.ތ.މ ކޮމިޓީގެ 3 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުން

election

އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރަން ފަށައިފި

Screenshot 2026 04 11

ކައުންސިލާއި އަންހެނުންގެ ކޮމިޓީ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު!

439630 3 b326d28501d2886bbe25730cd430c0be6a8e3d8f

ވޯޓެއް ބާޠިލުވެ މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެއްޖެ