ކުއްލި ޚަބަރު

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

ސަން ސިޔާމްގެ މަންމާފުޅުގެ ހަނދާނުގައި ކެނދިކުޅުދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

raees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭޣެއިޖުތިމާޢީ އަދާލާތުގެ ދުވަހާއި ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ އިޖުތިމާޢީ އަދާލާތުގެ ދުވަހެއް ފާޙަގަކުރާއިރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާ އެކުގައިކަމަށާއި، މިއީ ރާއްޖޭގެ ހާލަތަށް ބަލާއިރު ކިހާ މުހިންމު ދުވަހެއްކަމާމެދު ވިސްނާލަންޖެހޭކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު މަގްސަދަކީ ޖިއޮގްރަފިކަލް ގޮތުން އެކި ކަންކޮޅުތަކަށް ބެހިފައިވާ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް، ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައިވާ އަބުރުވެރި، ރައްކާތެރި ދިރިއުޅުމެއް ޔަގީންކޮށްދިނުމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމާއެކު، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކާއި، ދަތުރުފަތުރުގެ ނިޒާމުތައް ގާއިމްކޮށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަަަށް ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަމަށެވެ. މީގެއިތުރުން މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހިމެނޭ އިގްތިސާދީ ފުރުސަތުތައް ހަމަހަމަކަމާއެކު ފަހިކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ޕޯސްޓުގައި ކޮންމެ ދިވެހި ރައްޔިތަކަށްވެސް އުއްމީދުން ފުރިގެންވާ މުސްތަގުބަލެއް ހޯދައިދީ، ބާރުވެރި މީހަކަށް ހެދުމަށްޓަކައި، ތައުލީމާއި ހުނަރުތައް ތަރައްގީކުރުމަށް ސަރުކާރުން އިންވެސްޓް ކުރަމުން ގެންދަވާކަމަށެވެ. އަދި އެމަސައްކަތުގައި އެކި ގޮންޖެހުންތައް ދިމާވިނަމަވެސް، ސަރުކާރުގެ އަޒުމަކަށް ބަދަލެއް ނާންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް މިއަށްވުރެ ފާގަތި، ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރުމުގައި ދެމިއޮންނާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

raees muiz

ބޭހަށް ބޭރަށްދާ އެންސްޕާ ޕޭޝަންޓުންނަށް 2000، އަމިއްލަ ޚަރަދުގައިނަމަ 1000 ޑޮލަރާ ހަމައަށް ބޭންކުތަކުން ދެނީ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި

މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހޮޓަލެއް ތަރައްޤީކުރާނަން: ރައީސް

TTH_advertisement