ކުއްލި ޚަބަރު

ސަން ސިޔާމްގެ ބައްޕާފުޅުގެ ހަނދާނުގައި ކުޑަފަރީގައި ބިނާކުރި މިސްކިތް ހުޅުވައިފި

ގޭބިސީގެ އާމްދަނީ އާއި ޚަރަދުތައް ސާރވޭކުރުމަށް އެނިއުމަރޭޓަރުން ހޯދަން އިއުލާންކޮށްފި

ވައި ނުސާފުވުމުން ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް އިލްތިމާސްކޮށްފި

ސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފި

ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަަށައިފިއެވެ.

މި ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހު މި ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމްއެވެ.

ފެބުރުވަރީ 15 އިން މާރިޗު 14 އަށް މި ކޯސް ކުރިއަށް ގެންދަނީ ތިނަދޫ ސިޓީގައެވެ. މި ތަމްރީނަކީ ސްޕެޝަލް ކޮންސްޓެބިއުލަރީ ކޮންމެ ފުލުހަކު ވެސް ފުރިހަމަކުރަންޖެހޭ ތަމްރީނެކެވެ. މި ތަމްރީނުގައި، ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ އިލްމާއި، ހުނަރާއި އަދި ސުލޫކީ މިންގަނޑުތައް އުނގަންނައިދޭނެއެވެ.

މި ތަމްރީނުގެ ތެރެއިން، ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލްއާއި، ބާރުގެ ބޭނުންކުރުމާއި، ދިފާއީ އުކުޅުތަކާއި، ފުރަތަމަ އެހީއާއި، އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތަކުގެ އިތުރުން ގާނޫނާއި ގަވާއިދުތަކާއި، މުއާމަލާތުކުރުމުގެ ހުނަރުތަކާއި، މަސައްކަތުގެ އަހުލާގާއި ފުލުހުންގެ މަސައްކަތްތައް އަދި ސެކިއުރިޓީއާ ގުޅޭ ތަފާތު ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ފަރާތުން ކުރިއަށްގެންދާ މި ކޯހުގައި ސްޕެޝަލް ކޮންސްޓަބިއުލަރީ 18 ފުލުހުން ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގުން ޑީސީޕީ ފަރުހާދަށް ޙަވާލުކުރައްވައިފި

ނަވީން ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވަޑައިގެންފި

B 202602181012481771391568.6049

ބަނގުރާ ވިއްކި ދެ ބިދޭސީން ހައްޔަރުކޮށްފި

98

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފި

TTH_advertisement