ދުންފުހުގެ އަސަރުބޮޑުވެ ވައި ނުސާފުވެފައިވާތީ ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެ އިދާރާއިން ބުނީ ވައި ނުސާފުވުމުގެ ސަބަބުން އާންމު ސިއްހަތައް ނޭދެވޭ އަސަރު ކުރެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.
- ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން
- ބޭރަށް ނިކުންނަށް ޖެހޭ ހާލަތްތަކުގައި ރައްކާތެރި ކަމަށްޓަކައި މާސްކުއެޅުން
- ކުޑަކުދިންނާއި ދޮށީ އުމުުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތުު ހޭދަނުކުރުން
- ގޭގޭ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ބޭރުގައި ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމެންޓްގެ ލިންކުން iqair.com/maldives ނުވަތަ ނުވަތަ IQAir Visual އެޕް އަޅުއްވައިގެން ބަލައިލެވޭނެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި ރާއްޖެއަށް ދުންފުހުގެ އަސަރު ވާސިލުވަނީ އިރުއުތުރުން އަންނަ ވަޔާއެކު އެވެ.
ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އަހަރުގެ ފަހު ދުވަސްތަކާއި އައު އަހަރު ފެށޭއިރު ރާއްޖެއަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އަދި ބައެއް ދުވަސްވަރު ސިއްޙީ ގޮތުން ނުރައްކާވާ މިންވަރަށް ދުންހުގެ އަސަރު އިތުރުވެ އެވެ.
ކިޔުންތެރިންގެ ހިޔާލު