ކުއްލި ޚަބަރު

މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލައިފި

ފުނަދޫ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި

ނަވީން ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވަޑައިގެންފި

ރައީސް ޑރ. މުޢިއްޒު، މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުވައިދެއްވައިފި

WhatsApp Image 2026 02 18 at 16.28.54

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުވައިދެއްވައިފިއެވެ.

މި މިސްކިތް މިއަދު ހުޅުވާފައި މިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް 1400 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގަ ތަނަވަސް ރީތި މިސްކިތެއް ގޮތުގައި އަލުން ބިނާ ކުރުމަށްފަހުގައެވެ. މި މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.

މި މިސްކިތް ހުޅުވުމަށްޓަކައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ކެބިނެޓު ވަޒީރުންނާއި، ވުޒާރާގެ އިސްވެރިން އަދި ޢާއިލާގެ ގިނަ ބަޔަކު ވަނީ ބައިވެރިވެލައްވާފައެވެ.

މި މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިސްކިތް ބައްލަވާލައްވާފައެވެ.

މި މިސްކިތުގައި މިއަދު އަޞްރު ނަމާދު ކުރެއްވީ ޒުވާން ޙަޠީބު އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދުއެވެ.

ބަރުބަރީ މިސްކިތް އަލުން ތަރައްޤީކޮށްފައިވަނީ އަލިސާފު ކުންފުނީގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މި މިސްކިތް ބިނާކުރުމަށް އެ ކުންފުޏާއި ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

މަސްޖިދުލް ޔޫސުފުލް ބަރުބަރީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަލުން ހުޅުވާފައި މިވަނީ، މާލޭގައި ހުރި ކުރީގެ މިސްކިތްތައް ޒަމާނީ ފެންވަރަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އިސްލާމީ ދާއިރާއިން 90 އަށްވުރެ ގިނަ މަޝްރޫޢު މިހާރު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement