ކުއްލި ޚަބަރު

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގެއްލުނު އިމްތިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ، ހާލު ރަނގަޅު

ސައުދީ ރަސްގެފާނުގެ އެހީގައި ރާއްޖޭގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުމެއް ދެނީ

ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރަން ރުހުންދީފި

majilis

ތިން ގައުމަކަށް ނޮން-ރެޒިޑެންޓު ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރުމަށް ރުހުން ދިނުމަށް މިއަދު އޮތް މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

ރައީސް ފޮނުއްވާފައިވަނީ ރިޕަބްލިކް އޮފް ކިއުބާއާއި، ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލް އދި ޔުނައިޓެޑް މްކްސިކަން ސްޓޭޓްސްއަށް ރާއްޖެއިން ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރެއްވުމަށެވެ. އެ މަގާމުތަކަށް އައްޔަންކުރައްވަން ރައީސް އެދިވަޑައިގެންނެވި ހުރިހާ ބޭފުޅުން އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިނެވެ.

އެގޮތުން ކިއުބާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަަވާ ނޮން-ރެޒިޑެންޓު ސަފީރުގެ މަގާމަށް އައްޔަަންކުރުމަށް މަޖިލީހުން ރުހުން ދިނީ މިހާރު ރާއްޖެއިން ޔުނައިޓެޑް ސްޓޭޓްސް އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދަށެވެ. އޭނާ އެމަގާމަށް އައްޔަންކުރަން ރުހުން އޮތްކަމަށް ޖަސަލާގައި ބައިވެރިވެވަޑަގަތް 57 މެންބަރަކު ވޯޓު ދެއްވިއެވެ.

އޭގެ އިތުރަށް ބްރެޒިލަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަަފީރުގެ މަގާމަށް ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.އަލީ ނަސީރު މުހައްމަދު އައްޔަންކުރުމަށް ރުހުން ދޭން ފެންނަކަމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރަކު ވޯޓު ދެއްވިއެވެ.

މެކްސިކޯއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް ރައީސް ނަންފުޅު ހުށަހަޅުއްވައި މަޖިލީހުގެ ޖަލްސާގައި ބައިވެރިވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުން ރުހުންދިނީ، ޝިރުޒިމަތު ސަމީރަށެވެ.

އެ ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަަށް މި ބޭފުޅުން އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވުން އެދިވަޑައިގެން ރައީސް ފޮނުއްވުމުން އެބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރީ މަޖިލީހުގެ ޖހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމާފައިވަނީ އެ ހުރިހާ ބޭފުޅުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށެވެ.

ސަފީރުކަމަށް އައްޔަންކުރުމުގެ އިޖުރާއާތު ގާނޫނުގައި އޮންނަ ގޮތުން އެ މަގާމަށް ބޭފުޅުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިއަދު މަޖިލީހުން ރުހުން ދިން ބޭފުޅުންނަކީ މިހާރުވެސް ހާރިޖީ ދާއިރާގައި ސަފީރުކަން ކުރައްވަމުންދާ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ބޫޓާނަށް ކަނޑައެޅުއްވި ސަފީރު ޝިއުނީން، ރަސްގެފާނަށް ފަތްކޮޅު އަރުވައިފި

majilis

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން ވަގުތު ދޭން ޤާނޫނަށް އިސްލާހެއް

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

TTH_advertisement