ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެވަނަ ފިޔަވަހީގެ ރޯދަ މާރުކޭޓު ހުޅުވަން ތައްޔާރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ހަދާފައިވާ ވަގުތީ ރޯދަ މާރުކޭޓު، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ހުޅުވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެއްޖެއެވެ.

ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދު ތަރައްގީކޮށްފައިވާ މި މާރުކޭޓަކީ، ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރޯދަ މަހަށް ބޭނުންވާ ތާޒާ ކާބޯތަކެތި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމުކޮށްފައިވާ ތަނެކެވެ. މާރުކޭޓު ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެ ކޯޕަރޭޝަނުން މިހާރު ކުރަމުންދަނީ ގޮޅިތައް ހަވާލުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

މި މާރުކޭޓުގެ އެންމެ ޚާއްސަ ކަމަކީ، މާރުކޭޓުން ދޫކުރާ ގޮޅިތަކަށް އެއްވެސް ކުއްޔެއް ނަގަން ނިންމާފައި ނުވާކަމެވެ. އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި މާރުކޭޓުން ޖުމްލަ 24 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ގޮޅިތައް ދޫކުރާނީ މުޅިން ހިލޭއެވެ. މި ގޮޅިތަކުގައި ވިއްކުމަށް ހުއްދަ ދީފައިވަނީ މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީގެ އިތުރުން ދިވެހި ކާބޯތަކެތީގެ އެކި ބާވަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

އެޗްޑީސީގެ ޑީއެމްޑީކަމުން އަސްބާހު ވަކިކޮށްފި

Oo

ހުޅުމާލޭ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފީ

Original

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ ސްޕޯޓްސް ޕާކުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 29 at 18.59.14

ކުނބުރުދު އާއި މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފި