ކުއްލި ޚަބަރު

ބޭރަށް ހިންގުމާއި، ރޯގާ އަދި ޑެންގީ އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މަޓީގެ ޗެއަރޕާސަން ކަމަށް ޙުސައިން އަފީފް

ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާކުރައްވަނީ

ބޭރަށް ހިންގުމާއި، ރޯގާ އަދި ޑެންގީ އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

health ministry

ރާއްޖޭގައި މިދުވަސްވަރު ބޭރަށް ހިންގުމާއި، އަރިދަފުސް ރޯގާގެ އިތުރުން ޑެންގީހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތިމަތު ނަޖުދާ ވިދާޅުވީ، ފާއިތުވި ޖަނަވަރީ މަހު އެކަނިވެސް ބޭރަށް ހިންގުމުގެ 5000 އަށްވުރެ ގިނަ ކޭސް އަދި އަރިދަފުސް ރޯގާގެ 6000 އަށްވުރެ ގިނަ ކޭސް ރިކޯޑުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ޑެންގީހުމުގެ 300 އަށްވުރެ ގިނަ ކޭސް ފެނިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަޖުދާ ވިދާޅުވި ގޮތުގައި، މި ބަލިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާއިރު، އެންމެ ގިނަ އަދަދަކަށް ކޭސްތައް ރިކޯޑުކުރެވިފައިވަނީ މާލެ ސަރަޙައްދުންނެވެ. ބޮޑު ޗުއްޓީއާ ދިމާކޮށް އުމްރާގެ އަޅުކަމަށާއި އެކި ބޭނުންތަކަށް ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން އިތުރުވުމާއި، އަތޮޅުތަކުން ގިނަ ބަޔަކު މާލެއަށް ޒިޔާރަތްކުރުމަކީ ބަލިތައް ފެތުރުން އިތުރުވި މައިގަނޑު ސަބަބެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ދީފައިވާ މުހިންމު އިރުޝާދުތަކުގެ ތެރޭގައި ހިމެނެނީ:

މާސްކު އެޅުން: އަރިދަފުސް ރޯގާ ފެތުރުން ކުޑަކުރުމަށްޓަކައި، ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް ވަނީ އިރުޝާދު ދީފައެވެ. ވަކިން ޚާއްޞަކޮށް ރޯގާގެ އަލާމާތެއް ހުރިނަމަ މާސްކު އެޅުމަކީ މުހިންމު ކަމެކެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން: ބޭރަށް ހިންގުމުން ސަލާމަތްވުމަށްޓަކައި ރައްކާތެރި ގޮތުގައި ކާބޯތަކެތި ތައްޔާރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ކާނާ ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ބާރުއަޅައެވެ.

މަދިރިން ރައްކާތެރިވުން: ޑެންގީހުން ފެތުރުން ހުއްޓުވުމަށްޓަކައި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށާއި، ގޭތެރޭގައި ފެން ހަރުލާފައި ހުންނަ ތަކެތި ސާފުކުރުމަށް ވަނީ އެދިފައެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ޕީޑިއެޓްރިކްސް، ޑޮކްޓަރ އަޙްމަދު ފައިސަލް ވެސް ވަނީ މި ދުވަސްވަރު ދަތުރުފަތުރު އިތުރުވުމާ ގުޅިގެން ގައިންގަޔަށް އަރާ ބަލިތަކަށް ސަމާލުވުމަށް ބާރުއަޅުއްވާފައެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކުން ސްކޫލްތަކަށާއި އޮފީސްތަކަށް ނުދިއުމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.

އެޗްޕީއޭއިން މިހާރު ދަނީ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ކައުންސިލްތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބަލިތައް އިތުރުވާ ޙާލަތްތަކުގައި މާލެއާއި އަތޮޅުތަކުގައި ފްލޫ ކްލިނިކްތަކުގެ ޚިދުމަތް ދެމުންދާނެ ކަމަށްވެސް އެ އެޖެންސީން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ނިޕާ ވައިރަސް ރާއްޖެއަށް ނުރައްކާ ކުޑަ: އެޗްޕީއޭ

Igmh

ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށް އައިޖީއެމްއެޗުގައި ޚިދުމަތް ދޭން ފަށައިފި

TTH_advertisement