ކުއްލި ޚަބަރު

ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

ރައީސް ސްޕޯޓްސް އެވޯޑްސްގެ ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްދެއްވައިފި

454510 70ac6b63 0 scaled

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްދެއްވައިފިއެވެ.

އެމަނިކުފާނު، މި އެވޯޑްތައް ހަވާލުކޮށްދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިންތިޒާމުކުރައްވައިގެން، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ ނަމުގައި، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ހާއްސަ ހަފުލާގައެވެ.

މި ހަފުލާގައި ރައީސް ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

މި އަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފައިވަނީ، މޫސާ މަނިކު އަދި، މުހައްމަދު ނަދީމަށެވެ.

މީގެ އިތުރުން، ނޮން-އޮލިމްޕިކް އަދި އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީ އިން، ސްޕޯޓްސްވުމަން އޮފް ދި އިޔަރ އަދި ސްޕޯޓްސްމަން އޮފް ދި އިޔަރ އެވޯޑް ހާސިލުކުރެއްވި އެތުލީޓުންނަށްވެސް، އެމަނިކުފާނު ވަނީ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

އެވޯޑުތައް ހަވާލުކުރެއްވުމަށްފަހު ރައީސް ވަނީ، އެންމެ ޝަރަފުވެރި އެވޯޑްތައް ހާސިލުކުރެއްވި ބޭފުޅުންނާއެކު ހާއްސަ، ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.

މިރޭގެ މި ހަފުލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ.

ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ހިދުމަތްކޮށްދެއްވާފައިވާ އަދި ހިދުމަތް ކޮށްދެއްވަމުންގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ މަގްސަދުގައި، ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލެވެ.

މިރޭގެ ހަފުލާގައި ފާހަގަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު، ކުޅިވަރު ތަރައްގީކޮށް ކުރިއެވުމަކީ ގައުމީ އަހުމިއްޔަތެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ބްރޯންޒު އެވޯޑު އުމައިރަށް

TTH_advertisement