ކުއްލި ޚަބަރު

ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާކުރައްވަނީ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގާ އިސް މީހަކު ހައްޔަރުކޮށްފި

ޣައްޒާއިން މިއަދުވެސް 10 މީހުން ޝަހީދުކޮށްލައިފި، ގަތުލުއާންމު ނުހުއްޓޭ، އެއްބަސްވުމެއްގެ ބޭނުމެއްނެތް: ހަމާސް

އިސްތިއުމާރީ ސިފައިން ޖަބަލިއާގެ ޓެންޓުތަކަށް މިއަދު ބޮންއަޅަނީ:

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިއަދުގެ މިހާތަނަށް 10 މީހުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ ދެކުނުން ތަލް އަލް ހަވާގައި އާންމުންގެ ބަޔަކަށް ހަމަލާދީ އެކަކު ޝަހީދު ކޮށްލާފައި ވާއިރު، ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށް ހަމަލާދީ 4 މީހުން ޝަހީދު ކޮށްލާފައި  ވެއެވެ.

އަދި ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށް މިއަދު ދިން ހަމަލާތަކެއްގައިވެސް ޖުމްލަ 5 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

ހަނގުރާމަ ހުއްޓާލަން ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފަށާފައި ވީނަމަވެސް، އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން ގެންދަނީ ޣައްޒާއަށް ބޮންއަޅައި އަދި މިސައިލުން ހަމަލާދީ އަދި އެއްގަމު މަގުން ބޮޑުބަޑިންނާއި، ބަޑިޖަހައިގެންވެސް މީހުން ޝަހީދު ކުރަމުންނެވެ.

އެއްބަސްވުމުގެ ފަހުން ހަމަލާދީ މިހާތަނަށް ޣައްޒާއިން 601 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 1،607 އަށް އަރާފައި ވެއެވެ.

ހަމަލާތަކުގައި ގެދޮރު ހަލާކުކޮށްލުމުގެ ސަބަބުން މަގުމަތިވެ ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށް ޓެރަރިސްޓުން މިއަދު ދިން ހަމަލާ ހަމާސްއިން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވިދާޅުވީ، މިއީ އިސްތިއުމާރީ ބާރުން ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ވަރަށް ބޮޑަށް ސީރިއަސް ޚިލާފްވުމެއް ކަމަށެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގައި ގަތުލުއާންމުތައް ހުއްޓާނުލައި ކުރިއަށް ގެންދާއިރު، އެމެރިކާގެ ރައީސް އިސްވެ ހުރެ އުފައްދައިގެން އުޅޭ ބޯޑް އޮފް ޕީސްގެ ބައްދަލުވުން ބާއްވަން ތައްޔާރުވަމުންދާ ދިއުމަކީ މާނައެއް ހުރި ކަމެއް ނޫން ކަމަށް ހަމާސްގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

ޣައްޒާގައި ސުލް ގާއިމްކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް އުފައްދައިގެން އުޅޭ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ވޮޝިންޓަންގައެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެތައް ލީޑަރުން ބައިވެރިވާނެ ކަމަށް ބެލެވިފައި ވެއެވެ.

ބޯޑް އޮފް ޕީސްގެ މަސައްކަތް ފެށި ނަމަވެސް، މައިދާނަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ޣައްޒާގައި ވެރިކަން ކުރަން ޓްރަމްޕް އުފެއްދި ވަގުތީ ކޮމިޓީ ޣައްޒާއަށް ވަންނާކަށްވެސް އިސްރާއީލުން ފުރުސަތެއް ނުދިނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި

ޓްރަމްޕާއި ނަތަންޔާހޫ ދެއްކި ވާހަކަތައް: އީރާނާ ދެކޮޅަށް މެކްސިމަމް ޕްރެޝަރ ޖައްސަން ނިންމި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

TTH_advertisement